
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް އޭދަފުށީ ކެމްޕޭން ޓީމުން ބުނެފި އެވެ.
ޕީޕީއެމް އޭދަފުށީ ކެމްޕޭން ޓީމުން ބުނީ ރައީސް މައުމޫންގެ މި ދަތުރުފުޅަކީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް އިތުރަށް ތާއިދުހޯއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިދިޔަ މަުވެސް ތިން ފަހަރެއްގެ ނަތިން މައުމޫން ވަނީ އޭދަފުއް
މައުމޫންގެ އަރިހުގައި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އާއި ރަނިންމޭޓް ޑރ ޖަމީލުގެ އިތުރުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރުންވެސް ބައިވެރިވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ޕީޕީއެމް އޭދަފުށީ ކެމްޕޭން ޓީމުން ބުނީ އެ ޕާޓީން މިރޭ އޭދަފުށީގައި ބާއްވާ ޚާއްސަ ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މިއީ މައުމޫންގެ ވެރިކަން ބަދަލުވިފަހުން އޭދަފުއްޓަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މިދިޔަ މަހުވެސް ތިން ފަހަރެއްގެ މަތިން މައުމޫން އޭދަފުއްޓަށް ވަޑައިގެންނެވުމަށް ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ ދަތުރުފުޅުތައްވަނީ ކެންސަލުކުރައްވާފައެވެ. އެންމެފަހުން މައުމޫން އޭދަފުއްޓަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުތެރޭގަ އެވެ.