ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޕީޕީއެމްގެ ކެމްޕެއިން ޓީމު މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގަތުމުން މިރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މައުމޫންގެ މި ދަތުރުފުޅަކީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް އިތުރަށް ތާއިދުހޯއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
ޕީޕީއެމުން ބުނީ އެ ޕާޓީގެ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ 9:00 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެކަމަށެވެ. މި ޖަލްސާ ދިޓީވީން ވަގުތުން ދުރަށް ދައްކާނެ އެވެ.
ރައީސް މައުމޫންގެ މި ދަތުރުފުޅުގައި އެ ޕާޓީގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް އިތުރުން ދައުލަތަށް ގިންދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއްކަމަށްވާ އުމަރު ޒާހިރުގެ އިތުރުން ޕީޕީއެމްގެ އިސްބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ.