
އޭދަފުށީ ޒުވާނުންގެ ކުލަބުން އިންތިޒާމުކޮށްގެން އަލްމަރުހޫމް އިސްމާއިލް ކަލޭފާނުގެ ހަނދާނުގައި ބޭއްވި ބޮޑު އީދު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު ޔުނައިޓެޑް ވީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ދެ އަހަރަށްފަހު ސަންސެޓް ބީޗުން އަނެއްކާވެސް ބޮޑު އީދު މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1- 1 އިން އެއްވަރުވެފައި އޮތުމުން، ޕެނަލްޓީ ޖަހައިގެން ސަންސެޓް ކުރި ހޯދީ 5- 4 އިންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ސަންސެޓަށް ކާމިޔާބު ލިބުނީ ފަސްވަނަ ޕެނަލްޓީ އަބްދުﷲ ޒުބައިރު ކާމިޔާބުކުރުމުންނެވެ. ޔުނައިޓެޑް ވީ އިން ފުރަތަމަ ޖެހި ދެ ޕެނަލްޓީވެސް ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ.
މިއީ ސަންސެޓުން ބޮޑު އީދު ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އެންމެފަހުން އެ ޓީމުން ބޮޑު އީދު މުބާރާތް ކާމިޔާބުކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. އޭގެ ކުރިން 2007 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަންވެސް އެޓީމުންވަނީ ހޯދަފައިފަ އެވެ.
އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި އަންނަ ހަފްތާތެރޭ މުބާރާތުގެ މަގާމުތައް އިއުލާން ކުރުމާއި އިނާމު ދިނުމުގެ ހަފްލާ ބާއްވާނެ ކަމަށެވެ.
ދޭނެބާ !!
އިނާމުތައް ދޭނެބާ !!
ހަމައެކަނި ތައްޓެއް ދިނީ.
ފޭކު ބައްޓޭ
ހަމައެކަނި ތައްޓެއް ދިނީ. ފޭކު ބައްޓޭ ހަމަ ފޭކީ.
ތިޔަ އިނާމުތައް ދޭނެބާ !!