ފުރަތަމަބުރު ނޮވެމްބަރު 9 ގައި ދެވަނަބުރު 16 ގައި

 c (1)

 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އަދި ދެވަނަ ބުރަކަށް އިންތިހާބު ހިނގައްޖެ ނަމަ ނޮވެމްބަރު 16 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިންތިހާބުގެ ތާރީހު މިގޮތަށް ހަމަޖެއްސިކަން އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ޔަގީންކޮށްދީފަ އވެ. މީގެ އިތުރުން ކޮމިޝަނުން ވަނީ އިއުލާނެއް ވެސް ކޮށްފަ އެވެ. އެ އިއުލާނުގައި ބުނަނީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން މިދިއަ ހޮނިހިރު ދުވަހު ބާއްވަން ކޮމިޝަނުން ތައްޔާރުވި އިންތިހާބަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން މިހާރު ހަމަޖައްސާފައި ވަނީ ނޮވެމްބަރު ނުވަނަ ދުވަހު އިންތިހާބު ބާއްވަން ކަމަށާއި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ބާއްވާނީ އެ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ތާރީހު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި މިވަނީ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހަކަށް އެއްބަސްނުވެވި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނާއި އަދި ސަރުކާރުގެ މަންދޫބާއެކު ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުން ނިންމާލާފައިވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރޭ ކުރިއަށްދިޔަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވަނީ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ޖުމްހޫރީ ޕާޓީއާ ޕީޕީއެމުން ހުށަހެޅީ ނޮވެމްބަރު ދެވަނަ ދުވަހު ބާއްވާށެވެ. އެމްޑީޕީން ހުށަހެޅީ މިމަހުގެ 30 ގައި އިންތިހާބު ބާއްވާށެވެ. އިންތިހާބުގެ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަކުރައްވާފައިވާ ސަރުކާރުގެ މަންދޫބު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ސަރުކާރަށް ވަކި ތާރީހެއް މުހިއްމު ނުވާ ކަމަށާއި، ސަރުކާރުން ބޭނުންވަނީ ނޮވެމްބަރު 11 ގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.