ކައުންސިލަށް އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދަނީ

އޭދަފުށީ ކައުންސިލް އިދާރާ
އޭދަފުށީ ކައުންސިލް އިދާރާ

 

ބ. އޭދަފުށީ ކައުންސިލު އިދާރާއަށް އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއް ގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލެވޭނީ އެޑިމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ލެވެލް ހަތަރެއް ނުވަތަ ގުޅުންހުރި އެހެން ދާއިރާއަކުން ސެޓްފިކެޓެއް ހަޔެއް ނުވަތަ އެއަށްވުރެ މަތި ހާސިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެފަދަ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައި ހުންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެ މަގާމުގެ މުސާރައިގެ ގޮތުގައި ހަމަޖައްސާފައި ވަނީ 7،035ރ. އެވެ. އަދި ސާވިސް އެލަވަންސް ގެ ގޮތުގައި 2000ރ. އާއި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އިއުލާނުގައިވާ ގޮތުން އެސިސްޓެންޓް ޑިރެކްޓަރުގެ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ކައުންސިލްގެ އިޚްތިސާސް ހިގާ ސަރަޙައްދުގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އިދާރީ ދާއިރާގެ އެންމެހާ ރަށްރަށާއި، ބިން ބިމުގެ ދަފްތަރު އެކުލަވާލައި އެ ދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާލައި ބަލަހައްޓާ، އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކަންތައްތައް ހިގާ ނުހިގާގޮތް ބެލުމެވެ. އަދި އަތޮޅުގެ ރަށްރަށުގެ ބިން ބައިކުރުމާއި، ބިން ދޫކުރުމާއި، ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި ކުއްޔަށްދިނުމާއި މިފަދަ އެންމެހާ މުޢާމަލާތްތައް ހަމަޖެހިފައިވާ ޤަވާޢިދުން ހިގަމުންދޭތޯ ބެލުންވެސް އެސިސްޓެންޓް ޑިރެކްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 7 ނޮވެމްބަރު ގެ 2:30 ގެ ކުރިން ވަނަވަރާއި ތައުލީމީ ސެޓްފިކްޓްތަކުގެ އަސްލު ހުށަހަޅަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.