ވިސްނާ ފިކުރުކުރުމުން އެނގެނީ . . .

އޭދަފުށީގައި ވޯޓްލުން ކުރިއަށްދަނީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ދެފަހަރެއްގެ މަތިން ބޭއްވުމުންވެސް އެނގި، ހާމަވަމުންދަނީ އޭދަފުށިން، އިދިކޮޅު ކެންޑިޑޭޓުންނަށްވުރެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރި ހޯއްދަވަމުން ގެންދަވާ މަންޒަރެވެ.

ސެޕްޓެމްބަރ 7 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އޭދަފުށިން، ޞައްޙަ ވޯޓުގެ ގޮތުގައި 1471 ވޯޓު ހިމެނިފައިވާއިރު، އެމްޑީޕީއަށް 491 ވޯޓު ( 33 އިންސައްތަ ) ލިބިފައި ވެއެވެ. އިދިކޮޅު ކެންޑިޑޭޓުންނަށް 980 ވޯޓު ( 67 އިންސައްތަ ) ލިބިފައި ވެއެވެ.

ނޮވެމްބަރ 9 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭދަފުށިން، ޞައްޙަ ވޯޓުގެ ގޮތުގައި ބެލެވުނު 1432 ވޯޓުގެ ތެރެއިން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް 488 ވޯޓު ( 34 އިންސައްތަ ) ލިބުނުއިރު، އިދިކޮޅު ކެންޑިޑޭޓުންނަށް 944 ވޯޓު ( 66 އިންސައްތަ ) ލިބުމުންވެސް 1 އިންސައްތައިގެ ކުރިއެރުމެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޯއްދަވާފައި ވެއެވެ.

އިންތިޚާބު ބޭއްވުނު ދެބުރަށް ބަލާއިރު، އެމްޑީޕީއަށް 7 ސެޕްޓެމްބަރުގައި އޭދަފުށިން 491 ވޯޓު ލިބުނުއިރު، 9 ނޮވެމްބަރުގައި 488 ވޯޓު ލިބިފައި ވެއެވެ. އެއީ ކުރީފަހަރަށްވުރެ 3 ވޯޓު މަދު ޢަދަދެކެވެ. އިދިކޮޅު ކެންޑިޑޭޓުންނަށް 7 ސެޕްޓެމްބަރުގައި 980 ވޯޓު ލިބުނުއިރު، 9 ނޮވެމްބަރުގައި ލިބުނީ 944 ވޯޓެވެ. އެއީ 7 ސެޕްޓެމްބަރުގައި ލިބުނު ވޯޓަށްވުރެ 36 ވޯޓު މަދު ޢަދަދެކެވެ. މިކަމުންވެސް އެނގި ހާމަވަމުން މިދަނީ، އޭދަފުށިން އެމްޑީޕީ ހޯދަމުން އަންނަ ކުރިއެރުމެވެ.

މުޅި ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 7 ސެޕްޓެމްބަރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް 95224 ވޯޓު ( 45 އިންސައްތަ ) ލިބުނުއިރު، އިދިކޮޅު ކެންޑިޑޭޓުންނަށް 114271 ވޯޓު ( 55 އިންސައްތަ ) ލިބިފައިވެއެވެ.

ނޮވެމްބަރު 9 ގައި ބޭއްވުނު އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ލިބުނީ ކުރީފަހަރަށްވުރެ، 4862 ވޯޓު މަދުން، މުޅި ޖުމްލަ 109409 ވޯޓެވެ. އެއީ 53 އިންސައްތައެވެ. މިއާ ޚިލާފަށް މި އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް 96764 ވޯޓު ( 47 އިންސައްތަ ) ލިބިފައި ވެއެވެ. އެއީ 7 ސެޕްޓެމްބަރުގައި ބޭއްވުނު އިންތިޚާބުގައި ލިބުނު ވޯޓަށްވުރެ 1540 ވޯޓު އިތުރު ޢަދަދެކެވެ. އެހެންކަމުން މިފަހަރުވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް 2 އިންސައްތައިގެ ކުރިއެރުމެއް ހޯއްދަވާފައި ވެއެވެ.

ނޮވެމްބަރު 9 ގައި ބޭއްވުނު އިންތިޚާބުގައި 3 ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ޖުމްލަ ޢަދަދަކީ 206173 އެވެ. އެހެންކަމުން، ނޮވެމްބަރު 16 ގައި އޮންނަ އިންތިޚާބުގައި މި ޢަދަދަށް ވޯޓު ލައިފިނަމަ، އެއިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޯއްދަވަން ޖެހިވަޑައިގަންނަވާނީ މުޅިއެކު 103087 ވޯޓެވެ. އެއީ އެންމެފަހުން ބޭއްވުނު އިންތިޚާބުގައި ލިބުނު 96764 ވޯޓުގެ އިތުރުން 6323 ވޯޓެވެ.

މި ހުށަހަޅާލެވުނު ކަންކަމަށް ބަލާއިރު، 16 ނޮވެމްބަރު 2013 ވާ ހޮނިހިރު ދުވަހު  ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުޞަތު އެންމެ ބޮޑީ، އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށެވެ.

(ނޯޓް: މިއީ ކިއުންތެރިއަކު އީޓީއަށް ފޮނުވާފައިވާ ލިޔުމެކެވެ.)

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Shahid

    ދެންކާކު މާމޮޅު ދިރާސާއެއް ކޮށްފަ ލިޔުނު ލިޔުމެއްތަމިއީ. އަޅުގަނޑު ހަދާލި ހިސާބު އެއޮއް ފެންނަނީ ތިރީގަ ސާފުކޮން. އެއީ ހަމަ އޭދަފުށީގެ ހަގީގީ ހިސާބަކީވެސް. ދެން ލަލަލާ

    ރައްދު
  2. Shahid

    ަވިސްނާ ފިކުރުކުރުމުން އެނގެނީ، އޭދަފުށިން ޔާމީން %65 އަށް ވުރެން ގިނައިން ވޯޓް ނަގާނެ ކަން. ވަރަށް ސަލާމް

    ރައްދު
  3. ޢާއިޝާ

    ވިސްނާ ފިކުރުކުރުމުން އެނގެނީ އޭދަފުށީގެ ގިނަ ރައްޔިތުންވެސް އަންނިގެ ލާދީނީ ކަމުގައިޖެހި ދުނިޔެއާއިގެން އުޅެން ފަށައިފިކަން.. ރައްޔިތުންނޭވެ.. އަންނިއަށް ވޯޓު އިތުރުވުމަކީ އަންނިއަކީ އެންމެ ރަނގަޅު މީހާކަމުގައި ވުމެއްނޫން.. ވެރިކަން ދެއްވަނީ ﷲ.. ރައްޔިތުންނެއް ނޫން.. ﷲ އާއި އެކަލާނގެ ރަސޫލާއަށް ހަޖޫ ޖަހާ މީހަކަށް ވޯޓު ދިނުމަކީ ފާފައެއް.. އެކަމާމެދު ސުވާލުކުރެވޭނެ ކަމެއް.. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ފުރަތަމަ އިސްކުރަން ޖެހޭނީ ދީން.. އިސްލާމް ދީން.. ދީނާއި ސިޔާސަތު ވަތްކެއް ނުކުރެވޭނެ.. ތަރައްޤީ އާއި ތަހުޒީބާ ފައިސާ އަކީ ތިއިން ރައްޔިތަކަށް އަންނި ދޭ އެއްޗެއް ނޫން.. ﷲ ދެއްވާއެއްޗެއް.. ވީއިރު ލާރިއާ ތަރައްޤީ އޭ ކިޔައިގެން ދީނަށް ހަޖޫ ޖަހާ މީހެއްގެ ފަހަތުން ތިޔައުޅެނީ ހަމަ ނުވިސްނޭތީ ހެއްޔެވެ؟! ރާއްޖެއަށް އެހެން ދީންތައް ގެންނަން އުޅޭ މީހަކަށް ތާޢީދު ނުކުރާށެވެ!! ރައްޔިތުންނޭވެ.. ހޭ އަރާށެވެ.. ދުވަހެއް އޮތްކަން ހަނދާން ކުރާށެވެ! ދުނިޔެއާއިގެން ނޫޅެ އެ ދުވަހަށް ތައްޔާރުވާން ފަށާށެވެ!!

    ރައްދު
  4. haqeeqaiy

    އަދި އިތުރަށް އެގެނީ އޭދަފުށީގެ ކުރިއެރުމަށްޓަކައި އެންމެ ރަގަޅު ރައީސް އަކަށް ވާނީވެސް ހަމަ ރައީސް ނަޝީދަށް ކަމެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.