ކްލަބް ދަ ބިގިނާސް އިން އިންތިޒާމުކޮށްގެން މި ރޯދަމަހު ފެށީ ޖޭ ޕޯޓްރެއިޓްސް ތްރީ އޮން ތްރީ ސޮކަ ކަޕުގެ ފައިނަލަށް މިދިޔަ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި ދަ ބްލޫސް ހިގައްޖެ އެވެ.
ވެލާ ސްޕޯޓްސް އަތުން 1- 0 އިން މޮޅުވެ ފެއިމްސް ޔުނައިޓެޑް ރޭ ފައިނަލަށް ދަތުރުކުރިއިރު ދަ ބްލޫސް ދިޔައީ އެފްސީ ހަބޭސް އަތުން 1-0 އިން މޮޅުވެގެންނެވެ.
މުބާރާތުގެ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރޭ 10 ޖަހާއިރު އެވެ.
ޖޭ ޕޯޓްރޭއިޓްސް އިން މެއިން ސްޕޮންސާކޮށްފައިވާ މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައި ވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ އީޓީ އެވެ.