ފުރަތަމަ ދެ މެޗުވެސް އޭދަފުށީ ޓީމު ކާމިޔާބުކޮށްފި

1471984_1396794177229641_1821395011_n

މާލޭ ކުޅިވަރު އެކުވެނީގައި ރޭ ފެށި 6 ވަނަ ގައުމީ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ މެޗްގައި އޭދަފުށީ ބެޑްމިންޓަން ޓީމާއި ސ. ހިތަދޫ ބެޑްމިންޓަން ޓީމް ބައްދަލުކުރި މެޗް އޭދަފުށީ ކާމިޔާބުކޮށްފިއެވެ. މި މެޗް އޭދަފުށީ ޓީމް ކާމިޔާބުކުރީ 3-2 އިންނެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ފ. ނިލަންދޫ ބެޑްމިންޓަން ޓީމާ ބައްދަލުކޮށް އޭދަފުށީ ޓީމު މޮޅުވީ 5-0 އިން ނެވެ.

މި މުބާރާތުގައި އޭދަފުށީ ބެޑްމިންޓަން ޓީމު ކުޅެންޖެހޭ ތިންވަނަ މެޗު އޮންނާނީ މިއަދު މެންދުރުފަހު 2:00 ގައެވެ.  ބައްދަލުކުރާނީ އއ. ތޮއްޑޫ ބެޑްމިންޓަން ޓީމާއެވެ

މި މުބާރާތުގައި އޭދަފުށީ ޓީމު ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމު އިވެންޓުގެ އިތުރުން އޯޕަން އިވެންޓުގައެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުން އޭދަފުށީ ޓީމު ޗެމްޕިއަންކަން ހޯދީ ފުވައްމުލަކާއި ބައްދަލުކޮށް ސީދާ ތިން މެޗުން މޮޅުވެގެންނެވެ. އަދި މީގެ އިތުރުން ފިރިހެން އޯޕަން ޑަބަލްސް ކެޓެގަރީ އިން އަބްދުލްމަތީން އާއި ހުސައިން މުހައްމަދު ގެ ޕެއަރ ވަނީ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Abdul muhaimin / Inguraidhoo

    ހުރިހާ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ! ކުރިޔަށް ދިވެހި ޤައުމު. މި ޓީމުގެ ކުޅުންތެރިންގެ ތެރެއިން އަޅުގަނޑުގެ ކުލާސްމޭޓަކާ ވައްތަރު މޫނެއް ( ކުރީގެ ނަމުންނަމަ “ކާބެ” ) ފެނޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.