ބިޒިނަސްގެ މާސްޓާޒް ކޯހެއް ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ފަށަނީ

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަސް ރެކްޓާ ޑރ އަހްމަދު އަންވަރު މިއަދު ހުޅުވައި ދެއްވަނީ -- ފޮޓޯ / ތޯރިގް
ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަސް. އަންނަ އަހަރު މާސްޓާޒް ކޯހެއް އެ ކެމްޕަހުގައި ވަނީ ފެށުމަށް ނިންމާފައި

 

އަންނަ އަހަރު ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ބިޒިންސް އެޑްމިނިސްޓްރޭޝަންގެ މާސްޓަޒް ކޯހެއް ފެށުމަށް ވިލާ ކޮލެޖުން ނިންމައިފި އެވެ.

އަންނަ އަހަރު ވިލާކޮލެޖު އޭދަފުށީ ކެމްޕަހުގައި ފެށުމަށް އިއުލާންކުރި ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ މާސްޓާޒް ކޯހާ އެކު ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ބެޗެލާ ކޯހަކާއި ބެޗްލާ އިން އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން ގެ ކޯހެއް ވެސް އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި އެ ކެމްޕަހުގައި ހިމަނާފައި ވެ އެވެ.

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި އަންނަ އަހަރު ފަށާ ކޯސްތަކާ ބެހޭ ގޮތުން އީޓީ އަށް މައުލޫމާތު ދެއްވަމުން އެ ކެމްޕަހުގެ މެނޭޖަރު އަބްދުލްމަތީން އަބްދުއްސައްތާރު ވިދާޅުވީ އާ ކޯސްތަކެއް ފެށިގެން ދިއުމަކީ ކެމްޕަހަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޭދަފުށީގައި ތިބެގެން ތަފާތުއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވިގެން ދިއުމަކީ ދަރިވަރުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުއެއް ކަމަށް މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ މާސްޓާޒް އަދި ބެޗެލާ ކޯސްތަކުގެ އިތުރުން ޕްރައިމަރީ ޓީޗިންގެ ޑިޕްލޮމާ އާއި އާލީ ޗައިލްޑް ހޫޑް އެޑިއުކޭޝަން ގެ ޑިޕްލޮމާ ކޯސް ތައްވެސް އަންނަ އަހަރު އެ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބިޒްނަސް އާއި ހިއުމަން ރިސޯސް މެނޭޖުމަންޓް އާއި އިންފޮމޭޝަން ޓެކްނޮލޮޖީ އަދި މެރިން ސްޓަޑީސްގެ ފައުންޑޭޝަން ލެވެލް އާއި ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައްވެސް އެ ކެމްޕަހުގައި ފެށުމަށް ނިންމާފައިވާ ކަމަށް މަތީން ވިދާޅުވި އެވެ.

“މި ކޯސްތަކަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި، މީގެ ތެރެއިން މާސްޓާޒް ލެވެލްގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ބްކޮލް މޯޑަށް” މަތީން ވިދާޅުވި އެވެ.

އެ ކެމްޕަހުން ބުނީ ސެޓްފިކެޓް ލެވެލް ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުން އަންނަ އަހަރުގެ ޖެނުއަރީ 31 ގެ ކުރިން އަދި ޑިޕްލޮމާ، ޑިގްރީ، މާސްޓަޒް ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤު ވެރިވާ ފަރާތްތަކުން 20 ޑިސެމްބަރު 2013 ގެ ކުރިން ފޯމު ހުށަހެޅުމަށެވެ. ކޯސްތަކަށް ވަނުމަށްއެދޭ ފޯމް އަދި އިތުރު މަޢުލޫމާތު ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން (ފޯން 6608600) ލިބޭނެ އެވެ. 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.