އޭދަފުށީ ބެޑްމިންޓަން ޓީމު ފައިނަލަށް

އޭދަފުށީ ބެޑްމިންޓަން ޓީމު
އޭދަފުށީ ބެޑްމިންޓަން ޓީމު

 

6 ވަނަ އަތޮޅުލީގް ބެޑްމިންޓަން މުބާރާތުގައި ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި އޭދަފުށީ ބެޑްމިންޓަން ޓީމާއި ވ. ކެޔޮދޫ ބެޑްމިންޓަން ޓީމު ބައްދަލުކުރި މެޗް ސީދާ ތިންމެޗުން ކާމިޔާބުކޮށް އޭދަފުށީ ޓީމު ފައިނަލަށް ހިގައްޖެއެވެ.

މި މެޗުގެ ފުރަތަމަ ސިންގަލްސް ގައި އޭދަފުށީގެ ހުސައިން މުހައްމަދު އާއި ކެޔޮދޫގެ މާޒު ބައްދަލުކޮށް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ހުސައިން މުހައްމަދު އެވެ.

މެޗުގެ ފުރަތަމަ ޑަބަލްސް ސެމީ ފައިނަލުގައި ކެޔޮދޫގެ ފަރުހާން އާއި މާޒުގެ ޕެއާ އާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވީ އޭދަފުށީ ބީޑީސީގެ ތޮލާލު އާއި މަތީންގެ ޕެއާ އެވެ. މެޗުގެ ދެވަނަ ޑަބަލްސްގައި އޭދަފުށީގެ އައުޝާޒު އާއި މުހައްމަދު އަހްމަދު ނާޝިދު އަދި ކެޔޮދޫގެ ނާސިކް އަދި ނަޖާސީ ބައްދަލުކުރި މެޗުވެސް ސީދާ ދެ ސެޓުން ކާމިޔާބުކުރީ އައުޝާޒު އާއި މުހައްމަދު އަހްމަދުގެ ޕެއާ އެވެ.

މި މުބާރާތަށް ފުރުމުގެ ކުރިން އީޓީއަށް ދިން އިންޓަވިއުއެއްގައި އޭދަފުށީ ބެޑްމިންޓަން ޓީމުން ބުނީ މިއަހަރު އުއްމީދު ކުރަނީ މިދިޔަ އަހަރު ހޯދި ކާމިޔާބީ ތަކުރާރުކޮށް ތަށި ދިފާއު ކުރުމަށް ކަމަށެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުން އޭދަފުށީ ޓީމު ޗެމްޕިއަންކަން ހޯދީ ފުވައްމުލަކާއި ބައްދަލުކޮށް ސީދާ ތިން މެޗުން މޮޅުވެގެންނެވެ. އަދި މީގެ އިތުރުން ފިރިހެން އޯޕަން ޑަބަލްސް ކެޓެގަރީ އިން އަބްދުލްމަތީން އާއި ހުސައިން މުހައްމަދު ގެ ޕެއަރ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންގާރަ ދުވަހު ހަވީރު 4:00 ގައެވެ. މިމެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ހދ. ބީޑީސީ އެވެ. މި މެޗު ރާއްޖެ ޓީވީ އިން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ޢަބްދުލްމުހައިމިން ޙުސައިން/ އިނގުރައިދޫ

    “ސެމީފައިނަލް ފުރަތަމަ މެޗުގައި އޭދަފުށީ ބެޑްމިންޓަން ޓީމާއި ވ. ކެޔޮދޫ ބެޑްމިންޓަން ޓީމު ބައްދަލުކުރި މެޗް ސީދާ ތިންމެޗުން ކާމިޔާބުކޮށް އޭދަފުށީ ޓީމު ފައިނަލަށް ހިގައްޖެއެވެ.” މި ޢިބާރާތުގައި ތިންމެޗުން ކާމިޔާބުކޮށް މިހެން ލިޔެފައި އޮތުމުން އަޅުގަނޑަށް ދޭހަވަނީ ވ. ކެޔޮދޫ ބެޑްމިންޓަން ޓީމާއެކު 3މެޗް ކުޅެ ކެޔޮދޫ ޓީމު ބަލިވިކަމަށް. އަޅުގަނޑަށް ހީވާ ގޮތުގައި ރަނގަޅު ގޮތަކީ 3 ސެޓް ކުޅެ ކާމިޔާބު ލިބި ފައިނަލަށް ދިއުން.

    ރައްދު
  2. Unknown

    އޭދަފުށި ޓީމު ތިޔަ ކުރާ ހިތްވަރަށް ހަމަ އައްސަރިބަހާ ސާބަސް ރައްދުކުރަން! މިފަހަރުވެސް، ފައިނަލްގައި ޗެންޕިއަންކަން ގެންނަން ވާނެ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.