އަތޮޅު ލީގުގެ ޗެމްޕިއަންކަން އޭދަފުށި ދިފާއުކޮށްފި

އޭދަފުށީ ބެޑްމިންޓަން ޓީމު ޓްރޮފީއާއެކު
އޭދަފުށީ ބެޑްމިންޓަން ޓީމު ޓްރޮފީއާއެކު

 

6 ވަނަ އަތޮޅުލީގް ގައުމީ ބެޑްމިންޓަން މުބާރާތުގެ އަތޮޅު ލީގު ޓީމް އިވެންޓުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ބ. އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ (ބީޑީސީ) ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ހދ. ނޮޅިވަރަމު ބީޑީސީ އާ ބައްދަލުކޮށް އޭދަފުށި މޮޅުވީ ތިން މެޗު އެއް މެޗުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލުގެ ފުރަތަމަ ސިންގަލްސްގައި އޭދަފުށީ ބީޑީސީގެ ހުސައިން މުހައްމަދު އާއި ނޮޅިވަރަމުގެ ނަބީ ބައްދަލުކޮށް ދެ ސެޓު އެއް ސެޓުން ކާމިޔާބުކުރީ ހުސައިން މުހައްމަދު އެވެ. ފައިނަލުގެ ފުރަތަމަ ޑަބަލްސްގައި އޭދަފުށީގެ އަބްދުލްމަތީން އަހްމަދު އާއި ތޮލާލު އަބްދުއްރަހްމާން ވަނީ ނޮޅިވަރަމު ބީޑީސީގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ.

ފައިނަލުގައި ނޮޅިވަރަމު އަށް ކާމިޔާބުކުރެވުނީ ދެވަނަ ޑަބަލްސް އެވެ. އެއީ އޭދަފުށީ ބީޑީސީގެ އަބްދުލްބާރީ އާއި އިބްރާހިމް މުހައްމަދުގެ މައްޗަށް ނޮޅިވަރަމުން ސީދާ ދެ ސެޓުން ކާމިޔާބު ހޯދައިގެންނެވެ. ފައިނަލުގެ ދެވަނަ ސިންގަލްސް ގައި  އޭދަފުށީ ބީޑީސީގެ ތޮލާލު އަބްދުއްރަހްމާން ވަނީ ނޮޅިވަރަމުގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދައިފަ އެވެ.

މި މުބާރާތުގައި މާދަމާ އިން ފެށިގެން ކުރިއަށް ދާނީ އޯޕަން އިވެންޓުގެ ކުޅުމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Shahid

    މަރުހަބާ… ފަހުރުވެރިވަން އޭދަފުއްޓަށް އުފަން ދަރިއޭކޭ ބުނަން އަދި އެހާ ކުޅިވަރަށް ލޯބިކުރާ ރަށަކަށް އޭދަފުށި ވީތީވެސް.. އެއީ ކުޅިވަރުން ރަހިމަތްތެރިކަން ބަދަހިވާތީވެ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.