މުބާރާތް ހުޅުވައިދޭނީ ފެހެންދޫ އާއި މާޅޮސް

ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން:
ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން:

 

ބ. އަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ “ބ. އެޓޯލް ފުޓްބޯލް ޗެލެންޖް” ގެ ފުރަތަމަ މެޗުގައި ފެހެންދޫ އާއި މާޅޮސް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ގޮތަށް ހަމަޖެހުނީ ސަލްސާ ރޯޔަލްގައި ގައި އޮތް މުބާރާތުގެ ގުރު ނެގުމުގެ ހަފުލާގަ އެވެ.

އަންނަ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ފެހެންދޫ އާއި މާޅޮސް ލައްވާލީ ގުރޫޕް އޭގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ކެންދޫ އާއި އޭދަފުއްޓެވެ. ގުރޫޕް ބީގައި އޮތީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ދަރަވަންދޫ އަދި ދޮންފަނުގެ އިތުރުން ކުޑަރިކިލު އެވެ.

މުބާރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރު 30،000ރ. އަދި ރަނަރަޕް ޓީމަށް 15،000ރ. ވަނީ ހުށަހަޅައިފަ އެވެ.

މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ވަނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ފަސް ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ދީފަ އެވެ. އަދި ފުރަތަމަ ޑިވިޝަން ކުޅުންތެރިންގެ އިތުރުން ރަށުން ބޭރު ތިންކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ވެސް ޓީމުތަކަށް ވަނީ ދީފަ އެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި މިއަހަރުވެސް އިސްކޮށް ހަރަކާތްތެރިވަނީ އޭދަފުއްޓަށް ނިސްބަވްތާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އެވެ.

އޭދަފުއްޓަކީ ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފައްދައިފައިވާ ރަށެކެވެ. މީގެ ތެރެއިން މިހާރު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު (ޝާފީ) އާއި އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Nooru

    ކިހާދޫ ބައިވެރިވިޔަސް ނުވިޔަސް އޭދަފުށި މީހުންނަށް ކޮންކަމެއްތަ. އޭދަފުށި ޓީމު ބިރުނުގަނޭ އެއްވެސް ޓީމް އެއް ދެކެއެއް. މިދިޔަ އަހަރު ފައިނެލް އަށް ދިޔަނަމަވެސް ރަނގަޅުތާ ދޯ ކިހާދޫ. ދަރަވަންދޫ އަށް ވުރެންވެސް ދައްކޮންނެއްނު ތިޓީމު ދިޔައީ. ގޮއީދޫ ޓިމަށް ތިގޮތަށް ބުނެވިދާނެ. ގޮއިދޫ އަދި އޭދަފުށި މިފަހަރުވެސް ތަފާތުވާނެ ކަމަށް މިބަލަނީ. ސަޕްރައިޒް ޓީމެއް އައުންވެސް އެކަށީގެން ވޭހަމަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.