ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ތޮލާލު އަށް

އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ތޮލާލު ޓްރޮފީީއާއެކު
އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ތޮލާލު ޓްރޮފީީއާއެކު

 

6 ވަނަ ގައުމީ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ އޯޕަން ބައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ތޮލާލު އަބްދުއްރަހްމާން ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލު މެޗު ތޮލާލު ކާމިޔާބުކުރީ ހދ ނޮޅިވަރަމުގެ އިޔާން އަބްދުލް އަލީމުއާ ވާދަކޮށް ދެ ސެޓު އެއްސެޓުން ކާމިޔާބުކޮށްގެންނެވެ.

މިއަހަރުގެ މުބާރާތުގައި އޭދަފުށީ ބެޑްމިންޓަން ޓީމު ވަނީ މި މުބާރާތުގެ އަތޮޅު ލީގުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދައި ތަށި ދިފާއު ކޮށްފައެވެ. އޭދަފުށީ ތަށި ދިފާއުކުރީ ހދ. ނޮޅިވަރަމު ބީޑީސީ އާ ބައްދަލުކޮށް ތިން މެޗު އެއް މެޗުން މޮޅުވެގެންނެވެ.

މި މުބާރާތުން އޭދަފުށީ ބެޑްމިންޓަން ޓީމު ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަކޮށް ހުރިހާ ކުޅުންތެރިންނަށާއި މެނޭޖްމަންޓަށް އީޓީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަޙްމަދު ރަޝީދު-ސީޓްމާގެ

    ހޯދި ފުރިހަމަ ކާމިޔާބަށް ވަރަށް ހޫނު މަރްޙަބާ އެއް ކިޔަން. ދެން ބާއްވާ، މިމުބާރާތުގެ ތަށި ދިފާޢު ކުރުމަށް ހިތްވަރުދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.