އިތުރު ދެ އަހަރަށް ސެންޓޭ ނިއު އަށް ސޮއިކޮށްފި

ސެންޓޭ
ސެންޓޭ

 

ކުރިއަށް އޮތް ދެ އަހަރު ނިއު ރޭޑިއަންޓަށް ކުޅެން އެ ޓީމުގެ މިޑްފީލްޑަރު އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) ސޮއިކޮށްފި އެވެ.

ސެންޓޭ އަކީ މި އަހަރުގެ ސީޒަނުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް މުޅި ސީޒަން ކާމިޔާބު ކުރި ނިއުގެ ޓީމުން އަންނަ އަހަރަށް ސޮއިކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ.

އޭނާ އަށް ވުރެ ކުރިން މުހައްމަދު އުމޭރާއި އަކުރަމް އަބުދުލްގަނީ އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) ވަނީ އަންނަ އަހަރު ވެސް ނިއު އަށް ކުޅެން ސޮއިކޮށްފަ އެވެ.

އޭވައިލް އާއި ވެލެންސިއާ އަދި ވިކްޓަރީ އަށް ވެސް ކުރިން ކުޅުނު ސެންޓޭ ކޮންޓްރެކްޓް އާމި ކުރީ އޮމާނުގެ ސޫރު ސްޕޯޓްސް ކުލަބަށް އޭނާ ގެންދިއުމަށް ނިއުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ވެލީޒޯ ޕޮޕޯފް ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.

ނިއުއިން ޓީމު ވަރުގަދަ ކުރަން މަސައްކަތް ކުރާއިރު ރާއްޖޭގެ އެހެން ޓީމުތަކުން އަދި މާބާރަށް ޓީމު ވަރުގަދަކުރާކަށް ނުފަށަ އެވެ. ނިއު އަށް މި އަހަރު ކުޅުނު ކުޅުންތެރިންގެ ތެރެއިން މިވަގުތު ކުޅޭނެ ކުލަބެއް ނުނިންމައި ހުރި އެންމެ މުހިންމު ކުޅުންތެރިއަކީ ކެޕްޓަން އަދި ގޯލް ކީޕަރު އިމްރާނު މުހައްމަދެވެ. ނިއު އަށް އަންނަ އަހަރު ކޯޗުކޮށްދޭނީ ސްޕޭނުގެ ރައްޔިތެއް ކަމަށްވާ ގާސިއާ ޕްރޭޒެވެ. އޭނާ އަކީ މިސުރުތުގެ އިއްތިހާދަށް ކޯޗުކޮށްދީފައިވާ ރެއާލް މެޑްރިޑަށް 1979 އަދި 1980ގައި ކުޅުނު ޑިފެންޑަރެކެވެ. / ވީނިއުސް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.