ރިސޯޓްތަކުގެ ސެކިއުރިޓީ މެނޭޖަރުންނާ ފުލުހުން ބައްދަލުކޮށްފި

ރިސޯޓްތަކުގެ ސކިއުރިޓީ މެނޭޖަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޕޮލިސް މީޑިއާ
ރިސޯޓްތަކުގެ ސކިއުރިޓީ މެނޭޖަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން — ފޮޓޯ: ޕޮލިސް މީޑިއާ

 

 


އޭދަފުށީ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ބ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓްތަކުގެ ސެކިއުރިޓީ މެނޭޖަރުންނާ  ބައްދަލުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ 11:00 ހާއިރު ފޯސީޒަން އެޓް ލަނޑާގިރާވަރު ރިސޯޓުގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި އެ ރިސޯޓުގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓާއި ރީތިބީޗް ރިސޯޓާއި ދުސިތު ތާނީ ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކަންތައްތަކުގެ ތެރޭގައި އެމެޖެންސީ ކަމެއް ހިނގައިފިނަމަ ކަންތައްކުރާނެގޮތާއި ކުށެއް ހިނގައިފިނަމަ އެ ކުށުގެ މާޙައުލު ރައްކާތެރި ކުރުމާއި ފުލުހުންނާ ގުޅިގެން އަމަލުކުރާނެ ގޮތާއި އަދި ކުރިއަށް އޮތްތަނުގައި ފުލުހުންނާ ގުޅިގެން ސެކިއުރިޓީ އެކްސައިޒްތައް ހިންގުމާ ބެހޭގޮތުން ކަމަށް ފުލުހުން ބުންޏެވެ.

ލަނޑާގިރާވަރު ރިސޯޓަށް ކުރި މިދަތުރުގައި ލަނޑާގިރާވަރު ރިސޯޓުގައި ސެކިއުރިޓީ ކަންތައްތައް ހުރިނެތްގޮތް ބަލައި، އެރިސޯޓުގައި ސެކިއުރިޓީ ގޮތުން ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުންވެސް ހިޔާލުބަދަލުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.