ސައިކަލު އެކްސިޑެންޓްވެ ފިހާރައެއްގެ ބިއްލޫރިގަޑު ތަޅައިގެން ހިގައްޖެ

ރޭ ހިނގި ސައިކަލު އެކްސިޑެންޓްގައި ފިހާރައިގެ ބިއްލޫރި ގަނޑަށް ގެއްލުންލިބިފައި
ރޭ ހިނގި ސައިކަލު އެކްސިޑެންޓްގައި ފިހާރައިގެ ބިއްލޫރި ގަނޑަށް ގެއްލުންލިބިފައި

އޭދަފުށީގައި ރޭ އަންހެނަކު ސައިކަލު ދުއްވަން ދަސްކުރަން އުޅުމުގެ ތެރޭ ސައިކަލް ކޮންޓްރޯލް ނުވެގެން ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި، ފިހާރައިގެ ބިއްލޫރި ގަނޑު ވަރަށްބޮޑަށް ތަޅައިގެން ހިގައްޖެ އެވެ.

މި އެކްސިޓެންޓް ހިނގައިފައިވަނީ ރޭ 9:45 ހާއިރު އެވެ. މިއެކްސިޑެންޓްގައި ބިއްލޫރިގަޑު ތަޅައިގެންދިޔަ ފިހާރައަކީ ދާދިފަހުން ކޮމްޕިއުޓާ ސާވިސްކޮށްދިނުމަށް މިރަށުގައި ހުޅުވި “އައިފިކްސް ކޮމްޕިއުޓާސް” އެވެ.

މަންޒަރު ދުއްމީހަކު ކިޔައިދިން ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލު ދުއްވަން ދަސްކުރަން އިން އަންހެންމީހާ އަތުން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އައިފިކްސް ކޮމްޕިއުޓާސް ފިހާރަ ކައިރީގައި ޕާކު ކޮށްފައިހުރި އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

“އަންހެންމީހާ ދުއްވަން އިން ސައިކަލު ރޭސް ވެގެން ގޮސް، ފިހާރަ ކައިރީ ޕާކް ކޮށްފައިހުރި ޕަލްސާ ސައިކަލުގައިޖެހި، ޕަލްސާ ސައިކަލު ވަނީ ބިއްލޫރިގަނޑު ތެރެއަށް”

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.