މަޖިއްޓޭގެ ހެޓްރިކާއެކު އޭދަފުއްޓަށް ފަސޭހަ މޮޅެއް

އޭދަފުއްޓާއި ކެންދޫ ކުޅުނު މެޗުގެ ތެރެއިން: މި މެޗު 2- 1 އިން ކާމިޔާބުކުރީ އޭދަފުށި-- ފޮޓޯ: އިބްރާހިމް ފާއިދު
އޭދަފުއްޓާއި ކެންދޫ ކުޅުނު މެޗުގެ ތެރެއިން: — ފޮޓޯ: އިބްރާހިމް ފާއިދު

 

މިހާރު ކުރިއަށްދާ ރެޑްވޭވް ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގެ ގުރޫޕް އޭގައި މިއަދު އޭދަފުށީ ޓީމުގެ ކެޕްޓަން އަބްދުލް މަޖީދު (މަޖިއްޓޭ)ގެ ހެޓްރިކާ އެކު މާޅޮސް އަތުން 7-0 އިން އޭދަފުށި މޮޅުވެއްޖެ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި އޭދަފުށީގެ އިތުބާރު އަދި ތަޖުރިބާ ފޯވާޑް މަޖިއްޓޭ ތިން ލަނޑު ޖެހިއިރު ހަމްޒަތު މުހައްމަދު ދެ ލަނޑު އަދި އަހްމަދު ހަނީފު އާއި ހުމައިދު، ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖެހި އެވެ. މި މެޗުން މޮޅުވެ އޭދަފުށި ތާވަލްގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ.

މި މުބާރާތުގައި މިއަދު މެންދުރު ކުޅުނު މެޗުގައި ކެންދޫ އަތުން ފެހެންދޫ މޮޅުވީ 3-2 އިންނެވެ. ގުރޫޕް އޭ ގައި މި ދެ ޓީމު ކުޅުނު ދެވަނަ މެޗުގެ 12 ވަނަ މިނިޓުގައި ފެހެންދޫ އިން ލީޑު ހޯދީ ހުސައިން ސާޖިދު ޖެހި ލަނޑުންނެވެ. އެކަމަކު އޭގެ 25 މިނިޓްފަހުން ކެންދޫގެ އަބްދުލް މޫމިން ވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް މެޗުގެ 48 ވަނަ މިނިޓްގައި ފެހެންދޫގެ އާދަމް ޝިމާމުވަނީ އަނެއްކާވެސް ލަނޑެއްޖަހައި ލީޑު ނަގައިދީފަ އެވެ. އަދި އޭގެ ނުވަ މިނިޓް ފަހުން ޝިމާމު ވަނީ އެޓީމަށް އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ. ކެންދޫން ޖެހި ދެވަނަ ލަނޑުޖެހީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފެހެންދޫ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އާދަމް ޝިމާމު އެވެ.

މި މުބާރާތުގައި މާދަމާ މެންދުރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ ކުޑަރިކިލާއި ދަރަވަންދޫ އެވެ.  މާދަމާ ހަވީރު މެޗުގައި ގޮއިދޫ އާ ދެކޮޅަށް ނުކުންނާނީ ދޮންފަނެވެ.

 މި އަހަރު ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި އަށް ރަށަކުން ވާދަކުރާއިރު، މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އާއި ދެވަނަ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.