ރެޑްވޭވް ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގެ ސެމީގެ ފަހު ޖާގަ ކެންދޫ ހޯދައިފި އެވެ. އެހެންކަމުން މުބާރާތުގެ ގަދަ ހަތަރު ޓީމު މިހާރު ވަނީ ކަނޑައެޅިފަ އެވެ.
އޭ ގްރޫޕުގެ ސެމީގެ ފަހު ޖާގަ ކެންދޫ ހޯދީ މިއަދު މެންދުރު މާޅޮހާ ދެކޮޅަށް ކުޅުނު މެޗު 4-1 އިން ކާމިޔާބުކޮށްގެންނެވެ. މި ނަތީޖާއާ އެކު މި ގްރޫޕުގެ އެއް ދެ ވަނަ ކެންދޫ އަށް ލިބުނު އިރު އެއްވަނަ ހޯދީ އޭދަފުއްޓެވެ.
ބީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އެވެ. ދެ ވަނަ ލިބުނީ ކުޑަރިކިލަށެވެ. މި ދެ ޓީމު މިއަދު ހަވީރު ކުޅުނު މެޗު 4-0 އިން ކާމިޔާބުކުރީ ގޮއިދޫ އެވެ.
ސެމީގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ހަވީރު ބައްދަލު ކުރާނީ އޭދަފުއްޓާއި ކުޑަރިކިލު އެވެ. ބުދަ ދުވަހު ބައްދަލު ކުރާނީ ގޮއިދޫ އާއި ކެންދޫ އެވެ.
ބައިވެރިވެފައިވާ އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ އެއްމެޗު ފިޔަވައި އެހެން ހުރިހާ މެޗުތަކެއް ކުޅެ ނިމުނުއިރު ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ.
މި މުބާރާތުގައި މާދަމާ ކުޅޭޢ މެޗުގައި ބައްދަލުކުރާނީ ދަރަވަންދޫ އާއި ދޮންފަނެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ޓޭބަލް ކޮށްފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު 3:45 އެވެ.
މި ފަހަރުވެސް ތަށި ހޯދާނީ ގޮއިދޫ ޓީމް
މިފަހަރު ދެން އޭދަފުށި ތަށި ނަގަންޔާ ނަގާ 2014 ގައި ކިހާދޫން ދާނީ ފުރިހަމަ ބާރާއެކު 2005 ގައި އޭދަފުށި ޓީމްތަކަށް ހެދިހެން ހަދާލާން އިރާދަކުރެއްވިއްޔާ. މީ ތިބޭފުޅުންގެ ފުރުސަތު 2014 އެއީ ބައްޕޮޅިންގެ ފަހަރު.