އޯގަސްޓް 22 އަދި 23 ގައި ސަރުކާރު ބަންދު

 

މި މަހުގެ 22 ވާ ބުދަ ދުވަހާއި އަދި 23 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ސަރުކާރުން ހަމަޖައްސައިފި އެވެ.

ފިޠުރު އީދުގެ ބަންދާއި ޖެހިގެން އަންނަ މި ދެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސިއިރު އަންނަ ސެޕްޓެމްބަރު މަހުގެ 1 ވާ ހޮނިހިރު ދުވަހާއި 15 ވާ ހޮނިހިރު ދުވަހަކީ ސަރުކާރުގެ އޮފީސްތައް ހުޅުވާ ދެ ދުވަހުގެ ގޮތުގައި ވެސް ވަނީ ހަމަޖައްސާފައި އެވެ.

އޯގަސްޓް މަހުގެ 22 ވަނަ ދުވަހާއި، 23 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އެ ދެ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް އޮވެއްޖެނަމަ، ފިޠުރު ޢީދުގެ ބަންދާއި، ހަފުތާގެ ބަންދާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް އަންނާތީ، މެދުކެނޑުމެއްނައިސް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން ބުދަ އާއި ބުރާސްފަތި ބަންދުކޮށްލައިފި ނަމަ ސަރުކާރު މުވައްޒަފުންނަށް މެދުނުކެނޑި 10 ދުވަހުގެ ބަންދެއް ލިބޭނެ އެވެ. އަދި ސްކޫލް ކުދިންނަށް މިޑްޓާމް ހޮލިޑޭއާއެކު ދެ ހަފްތާގެ ބަންދެއް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.