ބޯކޮށް ވާރޭވެހި، ހިތާދޫގެ ބޮޑު ބައެއް ފެނު އަޑީގައި

ހިތާދޫގައި ފެންބޮޑޫވެފައި އޮތް މަގެއްގައި ދެމީހަކު ކަނދެއްގައި ދުއްވާފައިދަނީ– ފޮޓޯ / ހިތާދޫ އޮންލައިން

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި ބ. ހިތާދޫއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވެއްޖެ އެވެ.

ރޭއްސުރެ މިއަދު މެންދުރު ވަންދެން މެދުކެނޑުމެއްނެތި ވެހުނު ވާރޭގެ ސަބަބުން އެ ރަށުގެ ބައެއް ސަރަހައްދު ތަކުގައި 1 ފޫޓަށްވުރެއް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ. އަދި ބައެއް ގޭގެއަށް ފެން ވަދެ، ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.

ހިތާދޫން ފެން ހިންދުމުގެ މސައްކަތް ކުރަނީ — އީޓީ ފޮޓޯ/ ޝިމްހާދު

އަދި ބައެއް ގޭގެ ޖަންކްޝަންތަކާއި ފާހާނާތައް ވެސް “އޯވާފްލޯ”ވެ، އެތަންތަނުން ނަޖިސް ފެން ލީކުވުމުގެ މައްސަލަ ވެސް ވަނީ ކުރުމަތިވެފަ އެވެ،

“ބައެއް ގެތަކުގެ ކޮޓަރިތަކަށް ވެސް ފެން ވަދެ، ފަރުނީޗަރުތައް ވެސް ހަލާކުވެފައި ހުރީ، އެއްކޮށް ފެންގަނޑު ހިންދަން އަދިވެސް ވަގުތު ނަގާނެ،” ހިތާދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.

ހިތާދޫ ކައުންސިލުން ބުނީ ވިއްސާރަވެ، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ގިނަ ބަޔަކު ނިކުމެ، ކައުންސިލާއި ފުލުހުން އަދި ކޮކޯޕާމް ރިސޯޓް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހިތާދޫ ގެއެއްގެ ކޮޓަރީގައި ފެންބޮޑޫވެފައި–އީޓީ ފޮޓޯ/ޝިމްހާދު

މި ވިއްސާރައިގައި ގޮއިދު އާއި އޭދަފުށީގައި ވެސް މިއަދު ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑޫވެފަ އެވެ.

ހިތާދޫގެ މަގެއްގެ މަތިން ކުދިންތަކެއް ހިނގާފައި ދަނީ

ބ. އަތޮޅަށް އަދިވެސް މޫސުމް ވަރަށް ގޯހެވެ. އެހެންވެ، އަދިވެސް ވާރޭ ވެހި، ފެންބޮޑުވާނެތީ ރަށްރާުގެ ރައްޔިތުން “އެލާޓު”ގައި ތިބުމަށް ކައުންސިލުތަކުން އިލްތިމާސްކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.