
ދިރާސީ އާ އަހަރަށް ކިޔަވާ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މިއަދު ދޫކުރަށް ފަށައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިއަދުން ފެށިގެން ޖެނުއަރީ ދޭއްގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 9:30 އިން 1:30 އަށް ފޮތް ދޫކުރަމުން ގެންދާނެ ކަމަށެވެ.
ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސަރުކާރުން ހިލޭ ދިން ނަމަވެސް ބައެއް ޓެކްޓްސް ފޮތްތަކަކީ ދަރިވަރުން ކުރީ އަހަރު ބޭނުން ކޮށްފައިވާ ފޮތްތަކެވެ. އެގޮތުން ގްރޭޑް 6-10ގެ ދަރިވަރުންގެ ފޮތްތަކުގެ 40 ޕަސެންޓްއަކީ ބޭނުންކޮށްފައިވާ ފޮތްތަކެވެ. އެކަމަކު ގްރޭޑް 1-5 އެއްގެ ހުރިހާ ފޮތްތަކަކީ ވެސް އަލަށް ޗާޕް ކުރާ ފޮތްތަކެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އަންނަ ޖެނުއަރީ މަހު 14ގައި ސްކޫލުތަކުގެ ކިޔެވުން ފެށޭއިރު، ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީސް ވައުޗާސް ތައް މިހާރު ދޫކޮށްނިމިފައިވާ ކަމަށެވެ.