ސަލީމް ދެވަނަ ދައުރަކަށް އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފި

ރެޑްވޭވް ސަލީމް ރައްޔިތުންގެ މަޖިލިހުގައި. : ދެވަނަ ދައުރަކަށް އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވަން ސަލީމްވަނީ ނިންމަވާފައި-- ފޮޓޯ / މަޖިލިސް އިދާރާ
ރެޑްވޭވް ސަލީމް ރައްޔިތުންގެ މަޖިލިހުގައި. : ދެވަނަ ދައުރަކަށް އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވަން ސަލީމްވަނީ ނިންމަވާފައި– ފޮޓޯ / މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ސަލީމް ދެވަނަ ދައުރަކަށް އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާނެކަން ހާމަކޮށްފިއެވެ.

“އީޓީ” ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ސަލީމް މިއަދު ވިދާޅުވީ ދާއިރާގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުމަށް ކުރިޔަށް އޮތްދައުރު އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވަން ކޮންމެހެންވެސް މަޖުބޫރުކަމަށާ، ޕީޕީއެމްގެ ޓިކެޓްގައިއެކަން ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ސަރުކާރެއްގައި މިދާއިރާއަށް ކުރިއެރުމާ ތަރައްޤީ އެންމެ ފަސޭހައިން ގެނެސްދެވޭނީ ހަމަ އަޅުގަނޑަށްކަމަށް ގަބުލުކުރެވޭތީ ކުރިމަތިލާން މި ނިންމީ. އިރާދަކުރެއްވިއްޔާ، މިކަން ކާމިޔާބުކޮށް ދާއިރާގެ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭނަން” ސަލީމު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ސަލީމްގެ އިތުރުން އިތުރު ދެ ބޭފުޅަކު ކުރިމަތިލައްވާނެކަން ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން ހިސާން ހުސައިން އަދި އަމިއްލަގޮތުން އޭދަފުށީ ގުލްބަކާގޭ އަބްދުﷲ ޔަޒީދުވެސް ކުރިމަތިލައްވާނެކަންވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.