
ބ. އޭދަފުށީގައި ހުރި އެންމެ ގިނަދުވަސްވީ ދެ ނިކަގަހެއްގެ ސަބަބުން، އާއްމުންނަށް އުނދަގޫވެ އެކަމުގެ ޝަކުވާ ލިބެމުންދާތީ، އެ ގަސްތައް ކަނޑަން ފަށައިފި އެވެ
ރަށު ކައުންސިލުގެ ނައިބްރައީސް މުހައްމަދު ރިޒާ ވިދާޅުވި ގޮތުގައި ރަށުގެ ހުޅަނގު ސަހަރައްދު އުރީދޫ ޓަވަރު ކައިރީގައި ހުރި ބޮޑު ނިކަ ގަހަކާއި ހޮސްޕިޓަލާ ދިމާލުން ހުޅަނގު އަތިރިމަތީގައި ހުރި ނިކަގަސް ކަނޑަން ނިންމީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންގެ ގޭގެއަށާއި ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކެއް ދިމާވާތީ އެކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާތީ އެވެ.
‘މިކަމުގެ ޝަކުވާ އާންމު ފަރާތްތަކުން ކުރާތާ ވަރަށް ދުވަސްވެއްޖެ. އެ ގަސްތަކުގެ ސަބަބުން ވާރޭ ފެން ނެގުމުގައި ވެސް ބޮޑެތި ދަތިތަކެއް އެބަހުރި. އެހެންވެ ތިމާވެއްޓާބެހޭ މިނިސްޓްރީ އާއި އީޕީއޭގެވެސް ހުއްދަ ލިބިގެން ގަސްތައް ކަނޑައި އެ ސަރަހައްދު ސާފުކުރަން ނިންމީ” ރިޒާ ވިދާޅުވި އެވެ.
ކައުންސިލުން ބުނީ އެ ގަސްތަކުގެ ބަދަލުގައި އިތުރުގަސްތައް ރަށުތެރޭގައި އިންދުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކައުންސިލުން ކުރާނެ ކަމަށެވެ.
ގާބުމީ ހުން މަގާމުތަކަށް ނުލުމުގެ ހިތިނަތީ ޖާމިހާރުފެންނަމުންމިދަނީ! ކުރެވޭނެ ކަމެން ނޭންގި މުސްތަގުބަލުގަ އޭދަފުއްޓައް ލިބެން އޮތް އެތައް ޑޮލަރެއް ހުއްޓުވާލީ!،!!!،