
މިދިޔަ އަހަރުއޮތް ޔޫތު ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމުން ވިދާލި ޒުވާން ކުޅުންތެރިޔާ ހަމްޒަތު މުހައްމަދު ނިއުރޭޑިއަންޓް އަށް ސޮއިކޮށްފި އެވެ.
އުމުރުން 18 އަހަރުގެ ޒުވާން ކުޅުންތެރިޔާ ހަމްޒަތު ނިއު ރޭޑިއަންޓް ސްޕޯޓްސްގެ ސީނިއާ ޓީމަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެޓީމުގެ އާ ކޯޗުގެ އިރުޝާދުގެ ދަށުން މިއަދު ހަވީރުފެށީ ފަރިތަކުރުންތަކުގައިވެސް ހަމްޒަތުވަނީ ބައިވެރިވެފައެވެ.
މިހަބަރާއެކު އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިން މިއަހަރު ގަލޮޅު ދަނޑުން ފެނިގެންދާ އަދަދު އިތުރުވެގެންދާނެ އެވެ.
މަރުހަބާ
މޮޅުވާނެ ކުލުންތެރިއެއްމީ. ގައުމީޓިމަށް ވެސް އިރާދަކުރެއްވީޔަމު އޭދަފުށީގެ އިތުރު ކުޅުންތެރިއަކު އިތުރުވީމި