
ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު އޭދަފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅުގައި އޭދަފުށީގެ އިތުރުން މިއަތޮޅު މާޅޮސް، ހިތާދޫ އަދި ތުޅާދޫއަށް ވެސް ވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު އޭދަފުއްޓަށް ވަޑައިގަންވާގޮތަށް ހަމަޖެހިފައިއޮތީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. އަދި މިރޭ ރަށުގެ ރައްޔިތުންނަށް ބައްދަލުކުރާގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ. މަލްޓިޕާޕަސް ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއު ފެށުމާގުޅޭގޮތުން މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.