އެސްޓީއޯ އޭދަފުށީ ފާމަސީ ހުޅުވައިފި

ބ. އަތޮޅުހޮސްޕިޓަލުގައި އެސްޓީއޯ އިން ހަދާފައިވާ ބޭސް ފިހާރަ: މިތަން ހުޅުވައި ހިދުމަތް ދޭން ވަނީ ފަށާފައި. ފޮޓޯ/ ކިއުންތެރިއެއް
ބ. އަތޮޅުހޮސްޕިޓަލުގައި އެސްޓީއޯ އިން ހަދާފައިވާ ބޭސް ފިހާރަ: މިތަން ހުޅުވައި ހިދުމަތް ދޭން ވަނީ ފަށާފައި. ފޮޓޯ/ ކިއުންތެރިއެއް

 

އެސްޓީއޯ އިން ބ. އޭދަފުށީގައި ހެދި ފާމަސީ ހުޅުވައި އާސަންދާއާ އެކު ހިދުމަތް ދޭން ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ތެރޭގައި އެސްޓީއޯ އިން ހެދި ބޭސް ފިހާރައިން މިވަގުތު އެއްޗެހި ވިއްކަނީ ޚިދުމަތް ޓެސްޓް ކުރުމުގެ ގޮތުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެގޮތުން މިހާރު ބޭސް ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ކަމަށް، ސަރުކަރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނިން ބުންޏެވެ.

 “އަޅުގަނޑުމެން ނިންމާފައި އޮތީ އަދި ފަހުން ފާމަސީ ރަސްމީކޮށް ހުޅުވަން. މިވަގުތު ބޭސް ފިހާރަ ހުޅުވާނީ ހެނދުނު އަށަކުން ރޭގަނޑު ބާރައަށް. އޭގެ ފަހުން އެމަޖެންސީކޮށް ބޭހެއް ބޭނުންވެއްޖެ ހާލަތެއްގައި ހުޅުވައިގެން ބޭސް ދޫކުރާ ގޮތަށް ހަމަޖެހިފައި ވަނީ.” އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އީޓީ އަށް ވިދާޅުވި އެވެ.

އޭދަފުށީގައި އެސްޓީއޯގެ ފާމަސީއެއް މިއަދު ހުޅުވިއިރު، އަމިއްލަ ދެ ފަރާތަކުން މިރަށުގައި ދަނީ ފާމަސީގެ ޚިދުމަތް ދެމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. dfdf

    މިކަންވެސް އެމްޑީޕީ މީހުނަށް ހަޖަމެއް ނުވި. ސަބަބަކީ އެމީހުންގެ އިސް އެކްޓިވެސްޓުންގެ ވިޔަފާރި ގެއްލޭތީ… ދެން ވިލާ ކޮލެޖު އަޅަން މިރަށުން ބިން ދުކުރަން އުޅޭތީ އެކަމަވެސް އެމްޑީޕީ މިހުން ދެކޮޅު ހަދާއިފި. އަޅެފަހެ އަމިއްލަ ރަށުގައި ކިޔެވޭނެ ފުރުސަތު ފަހިވީމަ ކިހާ ރަނގަޅު. އެކަމު މަގުމަތި ގްރޫޕް ބޭނުން ނުވޭ އެގޮތް!

    ރައްދު
  2. އަޙްމަދު ޢަލީ

    ހާދަ ރަގަޅުކަމެކޭ، ތިޔަކުރީ. މިހާރުދެން ވަރަށް ފަސޭހަވާނެދޯ. ކޮންބަޔަކަށްތް ތިކަމުގެ ޝުކުރު އާދާކުރާނީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.