
މިއަހަރު ބޭއްވުމަށް ހަމަަޖެހިފައިވާ ރަައްޔިތުން މަޖިލީހުގެ އިންތިހާބުގައި އޭދަފުށީ ދާޢިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމަށް ކެންޕޭނު ކުރުމަށް ޓީމްތައް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީ ހިތާދޫ ގޮފިން ފަށައިފި އެވެ.
އެމްޑީޕީ ހިތާދޫ ގޮފިން ބުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އޭދަފުށީ ދާޢިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ކެމްޕޭން ކުރުމަށް ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ ވާކަމަށެވެ. އެގޮތުން އިއްޔެ ހަވީރުން ފެށިގެން ޢެމްޑީޕީގަ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބައްދަލުވުންތައް ވަނީ ބާއްވައިފަ އެވެ.
އެމްޑީޕީ ހިތާދޫ ހަަރުގޭގައި ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީން އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު އަދި ދާއިރާގެ ރައީސް ޙިސާނު ޙުސައިން ބައިވެރިވެ ވަޑައިގެންނެވި އެވެ. މިބައްދަލުވުން ތަކުގައި ކެމްޕޭން ޓީމުތައް އެކުލަވާލާނެ ގޮތާއިބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.