އޭދަފުށީގައި މާސްޓާޒް ޑިގްރީއަށް ކިޔަވައިދިނުން އިފްތިތާހުކުރުން މާދަމާރޭ

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަސް ރެކްޓާ ޑރ އަހްމަދު އަންވަރު މިއަދު ހުޅުވައި ދެއްވަނީ -- ފޮޓޯ / ތޯރިގް
ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަސް

ބ. އޭދަފުށީގައި ރާއްޖޭގައި މިވަގުތު އޮތް މަތީ ތައުލީމުގެ އެންމެމަތީ ފެންވަރަށް (މާސްޓާޒް ޑިގްރީއަށް) ކިޔަވައިދިނުން އިފްތިތާކުރުން މާދަމާ ރޭ އޮންނާނެ ކަމަށް ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ބުނެފި އެވެ.

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން ބުނިގޮތުގައި އެ ކެމްޕަހުގައި މާސްޓާޒް ޑިގްރީ އަށް ކިޔަވައިދިނުން އިފްތިތާހު ކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައި އޭދަފުށީ މަލްޓީޕާޕަސް ހޯލުގަ އެވެ.

މި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ އަހްމަދު އަންވަރުއާއި އިސް އިސްވެރިން ބައިވެރިވަޑައިގަންނަވާނެ ކަމަށްވެސް އެ ކެމްޕަހުން ބުންޏެވެ. އަދި މި ޚާއްސަ ރަސްމިއްޔާތަށް އޭދަފުށީގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާކަމަށްވެސް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި މިއަހަރު މާސްޓާސް ޑިގްރީ ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

އޭދަފުށީގައި މާސްޓާޒް ޑިގްރީއަށް ކިޔެވުން ފެށުމާގުޅޭގޮތުން އަހްމަދު އަންވަރު އޭނާގެ ފޭސްބުކުގައި ލިޔުއްވާފައިވަނީ އޭދަފުށީގެ މި ޒަމާނުގެ ތައުލީމު ދިނުމުގެ ކޮންމެ ބައެއްގައިވެސް އޭނާ ބައިވެރިވެފައިވާތީވެ އެކަމާއުފާ ކުރައްވާ ކަމަށެވެ. އަދި އަލްމަރުހޫމް ޔޫސުފް ކަލޭފާނުގެ ތަސައްވުރަށް އަންވަރުވަނީ ސަބަސް ދެއްވާފަ އެވެ.

“އޭދަފުށީގެ މި ޒަމާނުގެ ތައުލީމު ދިނުމުގެ ކޮންމެ ބައެއްގައިވެސް އަޅުގަނޑު ބައިވެރިވެފައިވާތީވެ، އަޅުގަނޑު އުފާކުރަމެވެ. މެދު މަދަރަސީ ތައުލީމުން ފެށިގެން ސާނަވީ ތައުލީމުގެ ބައިގައި ރާއްޖޭގެ އެއްވަނަ ސްކޫލުގެ ފަޚުރުވެރި މަގާމު ހޯދި ރާއްޖޭގެ އަތޮޅުގެ ރަށެއްގައި ފުރަތަމަ ލަންޑަން ޖީސިއީ އޭލެވެލް ފެށުމުގަ އެވެ. އަދި މިިދިޔަ އަހަރު ޔުނިވަސަިޓީ ތައުލީމު،  ބެޗެލާސް ޑިގްރިއަށް އޭދަފުށީގައި ކިޔަވައިދޭން ވިލާ ކޮލެޖުން ފެށުމުގެ މަސައްކަތުގަ އެވެ. އަދި އިރާދަ ކުރެއްވިއްޔާ މިހާރު މާސްޓާސް ޑިގްރީއަށް ކިޔަވައިދޭން ފެށުމުގައި އަޅުގަނޑު ވިލާ ކޮލެޖުގެ ޓީމާއެކު މިކުރާ މަސައްކަތުގައި މުހިއްމުބައެއް އަޅުގަނޑަށް އަދާކުރެވިއްޖެކަމަށް ދެކެމެވެ” އަންވަރު އޭނާ ފޭސްބުކުގައި ލިޔުއްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އަޙްމަދު ޢަލީ

    މިހަފްލާއަށް އޭދަފުށިގެ ރއްޔިތުންގެ އިތުރަށް ބ. އަތޮޅުގެ ހުރިހާ ރަށްރަށުންވެސް އައުމަށް އެދެން، ވަރަށް އުފާވެރި ރެއެއް. އަންވަރަށް ހަމަސާބަސް، އޭދަފުށްޓަށް ތިކޮށްދެއްވާ ކަންތައްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަނެއްކާވެސް ތިހުޅުވެނީ އާ ޞަފްހާއެއް، މިއީ، ހަމައެކަނި އޭދަފުށްޓަށް ލިބޭ އުފަލެއްނޫން އަތޮޅުގެ ހުރިހާ ރަށްރަށަށްވެސް ލިބޭ އުފަލެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.