މިދިޔަ އަހަރުގެ ކެމްބްރިޖް ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ބުނީ ރާއްޖެއާ އެކު އޯލެވެލް ހަދާ ހުރިހާ ގައުމެއްގައި މިއަދު 11 ޖަހިއިރު އިމްތިހާނުގައި ދަރިވަރުން ބައިވެރިކުރި ސެންޓަރުތަކަށް ކެމްބްރިޖް ވެބްސައިޓް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން އިމްތިހާންހެދި ކުދިންގެ ނަތީޖާ ބެލުމުގެ ފުރުސަތު ވަނީ މިއަދު މެންދުރުފަހުން ފެށިގެން ސްކޫލުން ވަނީ ހުޅުވާލައިފަ އެވެ.
އޯލެވްލް އިމްތިހާނުގައި މިފަހަރު، ރާއްޖޭގެ ހުރިހާ ސްކޫލްތަކުންހެން ބައިވެރިވެފައިވާއިރު މިފަހަރުގެ އިމްތިހާނު ރާއްޖޭގެ 8،280 ދަރިވަރުންވަނީ ފުރިހަމަކޮށްފަ އެވެ.
ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި އޯލެވެލް އިމްތިހާނުގެ ނަތީޖާ، ދަރިވަރުންނާ ހަމައަށް މިއަދުގެ ވަގުތެއްގައި ފޯރުވައިދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.