އޯލެވެލްގައި ބ. އަތޮޅު ތައުލީމީ މަރުކަޒު ބޮޑު ކުރިއެރުމެއް ހޯދައިފި

ބ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުން ނުކުންނަނީ. މިދިޔަ އަހަރުގެ ނަތީޖާއިން އެ ސްކޫލުވަނީ ބޮޑޫ ކާމިޔާބީއެއް ހޯދާފައި

 

ރާއްޖެތޭޜޭގައި ފުރަތަމަ ހުޅުވުނު އަތޮޅު ތައުލީމީ މަރުކަޒަކީ ފެށުނީއްސުރެ އޯލެވެލް އިމްތިހާނުން ރަން ވަނަތައް ހޯދާ ސްކޫލެކެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިމްތިހާނުން އެ ސްކޫލު ހޯދާ ނަތީޖާ އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަ އިރު މިދިއަ އަހަރަކީ ސްކޫލަށް “ރަން” އަހަރެއް ކަމަށް އެތަނުގެ ވެރިން ދެކެވަޑައިގަނެ އެވެ.

ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވި ގޮތުގައި މި ދިޔަ އަހަރު އެ ސްކޫލުން 60 އަށް ވުރެ ގިނަ ކުދިން އޯލެވެލްގައި ބައިވެރިވި އިރު އޭގެ ތެރެއިން 67.1 ޕަސެންޓަށް ވުރެ ގިނަ ކުދިން ވަނީ ފަސް މާއްދާ އަށް ވުރެ އިތުރަށް ފާސްވެފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން 2012 ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނިފައިވަނީ 11 ކުދިންނެވެ. އެކަމަކު މިދިޔަ އަހަރުގެ ނަތީޖާ އަށް ބަލާއިރު އެއަށްވުރެ ގިނަ ކުދިން ގަދަ ދިހައެއްގައި ހިމެނޭނެ ކަމަށް އެ ސްކޫލުން މައުލޫމާތުދެ އެވެ. ރަފީއު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އަށް މާއްދާ އިން އޭ ފާސް ހޯދައިގެން ދެ ކުއްޖަކު ގަދަ ދިހައެއްގެ އެއް ވަނައިގައި ވެސް ހިމެނެ އެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

“ކުރީ އަހަރުތަކާ އަޅާބަލާއިރު ސްކޫލުގެ ނަތީޖާ ވަނީ އެތައް ގޮތަކުން މަތިވެފައި. މިދިޔަ އަހަރު އިމްތިހާން ހެދި ދަރިވަރުންގެ ތެރެއިން 85 ޕަސެންޓްއަށްވުރެ ގިނަ ދަރިވަރުން އޭލެވެލް އަށް ވަދެވޭ ފެންވަރަށްވެސް ވަނީ ފާސްވެފައިވާ،” ރަފީއު އީޓީ އަށް ވިދާޅުވި އެވެ.

ރަފީއު ދެކެވަޑައިގަންނަވާ ގޮތުގައި މި ކާމިޔާބީގެ ސިއްރަކީ ޓީޗަރުންކޮށްދެއްވާ ބުރަ މަސައްކަތް ދަރިވަރުންނާ ބެލެނިވެރިން ހެޔޮހިތުން ބަލައިގަތުމެވެ. އަދި ޓީޗަރުންނަށް މިނިވަންކަމާއި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުން ކަމަށްވެސް ރަފީއު ވިދާޅުވި އެވެ.

އޯލެވެލް އަށް ތައްޔާރުވުމަށް އެ ސްކޫލުން ކޮންމެ އަހަރަކުވެސްދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Mohamed Aboobakur

    މަރުހަބާ ހުރިހާ ކުދިންނަށް
    މީކީ ވަކި ބަޔަކު ވެރިކަމުގަ ތިބެގެންވާ ކަމެއްނޫން މީ މުދަށްރިސުންގެ ބުރަ މަސައްކަތް ހުރިހާ ޓީޗަރުންނަ ސާބަސް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.