ހިއުމަން ޓްރެފިކިންގެ މައްސަލައްގައި ގޮއިދޫން ދިވެއްސަކު ހައްޔަރުކޮށްފި

0_1379748972hulhumale55_news

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ދިވެއްސަކު ބ. ގޮއިދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ  މި މައްސަލާގައި ފުލުހުންގެ ބެލުމުމުގެ ދަށަށް ގެނެސްފައިވަނީ 48 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޤާނޫނު ނަންބަރު 2013/12 މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މި ޖެނުއަރީ 22 ވަނަ ދުވަހު ބ. ގޮއިދޫން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުހުހުން ބުނީ ގޮއިދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މި މީހާއާއެކު 7 ބިދޭސީއަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި ބިދޭސީންގެ ތެރެއިން 6 މީހުންނަކީ ވޯކް ޕާމިޓް ނެތި ރާއްޖޭގައި އުޅެމުންދާ މީހުން ކަމަށާއި އަނެއް މީހާއަކީ އޭނާގެ ސްޕޮންސާއަށް ފިލައިގެން އުޅޭމީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ބ. ފެހެންދޫގައި އުޅެމުންދިޔަ މި ބިދޭސީން ގޮއިދޫއަށް ގެންގޮސްފައިވަނީ އެމީހުން މާލެ ގެންދިޔުމަށް އަންގާފައިވަނިކޮށް ފުލުހުންނަށް ފިލައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިހާރު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ވަނީ ރާއްޖޭގައި ނުވަތަ ރާއްޖެ މެދުވެރިކޮށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި ޓްރެފިކް ކުރުމާގުޅޭ ކުށާއި އަދަބު ކަނޑައަޅާފަ އެވެ. މި ގާނޫނަށް ފެތޭ ކުށެއް ކޮށްފި ނަމަ އަދަބަކީ އެއް އަހަރުން ފެށިގެން 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.