އޭދަފުށި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

އޭދަފުށީ ޓީމް - ފޮޓޯ/ ފޭސްބުކް
އޭދަފުށީ ޓީމް – ފޮޓޯ/ ފޭސްބުކް

 އެލް މޮބައިލް ޔޫތް ޗެމްޕިއަންޝިޕް 2014 ގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުން އޭވައިއެލް އަތުން 2-1 އިން ބަލިވެއްޖެއެވެ.

ރޭ ޓާފް ދަނޑުގައި ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި އޭދަފުށި ޓީމަށް ލީޑު ހޯދައިދިނީ މުހައްމަދު ފަޔާޒު (ކުވާ) ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ގިނަ ވަގުތު އޭވައިއެލް ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އޭވައިއެލްއަށް އެއްވަރު ކޮށްދިން ލަނޑު ފުރަތަމަ ހާފު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރު 35 އަބްދުﷲ މިސްބާހެވެ. އަދި މިސްބާހުވަނީ ދެވަނަ ހާފުގައި މެޗުގެ 73 ވަނަ މިނެޓުގައި އިތުރު ގޯލެއްޖަހާ، ޓީމަށް 3 ޕޮއިންޓު ކަށަވަރު ކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭވައިއެލް ޓީމުގެ ދެ ގޯލު ކާމިޔާބު ކޮށްދިން އަބްދުﷲ މިސްބާހެވެ.

އިއްޔެ ހަވީރު ކުޅުނު މި ގުރޫޕުގެ ފުރަތަމަ މެޗުގައި ކެލާނާޅި ވަނީ މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

މި މުބާރާތުގައި ދެން އޭދަފުށީ ޓީމުގެ މެޗެއް އޮންނާނީ ޖެނުއަރީ 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައި ކެލާނާޅިއާ ދެކޮޅަށެވެ. އަދި މި ގުރޫޕުގައި ހިމެނޭ ބީޖީ ސްޕޯޓްސް އާއި އޭވައިއެލް ބައްދަލު ކުރާނީ ރޭގަނޑު 21:00 ގައެވެ.

އޭވައިއެލް – އޭދަފުށި މެޗުގެ ފުރަތަމަ 11:

އަލީ މުހައްމަދު (ގޯލްކީޕަރު)

މުހައްމަދު އަޖުފާން

އަހުމަދު ހުމެއިދު

ޢަބްދުﷲ އަބޫބަކުރު

ހުސައިން ޝިފާއު

ހައްސާން އަބްދުލް ލަތީފް (ކެޕްޓަން)

ޢަބްދުﷲ މުއުތައްޒު

އިސްމާއިލް ފައުޒީ

މުހައްމަދު ފަޔާޒު

އާދަމް ޝިމާން

އަހުމަދު ޝުހެއިލް

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ބަކުރުބޭ

    ބުނަން ރަނގަޅުވާހަކައެއް ކުޅުންތެރިންގެ އިހްސާސްތައް ދަންނަ އެކުދިން ހެއްވާލާވައްތަރުގެ ނަތީޖާހާސިލްކުރެވޭ ހަރުދަނާ މެނޭޖަރެއްނެތި ތިޔަމުބާރާތް ކާމިޔާބުކުރުމަކީ ވަރަށް ވަރަށް ދުރުގައިވާކަމެއް!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.