ކެލާނާޅީގެ މައްޗަށް އޭދަފުށި ކުރި ހޯދައިފި

ކެލާ ނާޅި - އޭދަފުށި މެޗުގެ ފުރަތަމަ 11 – ފޮޓޯ/ ފޭސްބުކް
ކެލާ ނާޅި – އޭދަފުށި މެޗުގެ ފުރަތަމަ 11 – ފޮޓޯ/ ފޭސްބުކް

މިހާރު ކުރިޔަށްދާ އެލް މޮބައިލް ޔޫތް ޗެމްޕިއަންޝިޕް 2014 ގެ ގުރޫޕް 3 ގައި އޭދަފުށި ކުޅުނު ދެވަނަ މެޗުން ކެލާ ނާޅި ސްޕޯޓްސް އަތުން 2-0 އިން މޮޅުވެ، މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ބޮޑު ކޮށްފިއެވެ.

މިއަދު ހަވީރު ޓާފް ދަނޑުގައި ކުޅުނު މެޗުގެ 6 ވަނަ މިނެޓުގައި އޭދަފުށި ޓީމަށް ލީޑު ހޯދައިދިނީ އަހުމަދު ޝުހެއިލް (ބަންބުޗް) އެވެ. 1-0 ގެ ނަތީޖާއެއްގައި އޮވެ ފުރަތަމަ ހާފު ނިންމާލި އިރު ހޫނުގަދަ ވުމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައެވެ. މުހަންމަދު ފަޔާޒް (ކުވާ) ދެވަނަ ހާފުގެ 60 ވަނަ މިނިޓުގައި ކުޅެން ނިކުމެ، މިނިޓެއް ނުވަނީސް ވަނީ އޭދަފުށީ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށި ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އަހުމަދު ޝުހެއިލެވެ.

މި ގުރޫޕުގައި ހިމެނޭ ބީޖީ އަދި އޭވައިއެލް ބައްދަލުކުރާ މެޗު އޮތީ މިރޭ 9:00 ގައެވެ.

މި މުބާރާތުގައި ދެން އޭދަފުށީ ޓީމުގެ މެޗެއް އޮންނާނީ ފެބްރުއަރީ 2 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:10 ގައި މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސް އާ ދެކޮޅަށެވެ. އަދި ގުރޫޕްގެ އެންމެ ފަހު މެޗުގައި އެރޭ 9 ޖަހާއިރު ބައްދަލު ކުރާނީ ކެލާ ނާޅި އާއި އޭވައިއެލް އެވެ.

ކެލާ ނާޅި – އޭދަފުށި މެޗުގެ ފުރަތަމަ 11:

އަލީ މުހައްމަދު (ގޯލްކީޕަރު)

މުހައްމަދު އަޖުފާން

އަހުމަދު ހުމެއިދު

ޢަބްދުﷲ އަބޫބަކުރު

ހައްސާން އަބްދުލް ލަތީފް

އަނަސް މުހައްމަދު (ކެޕްޓަން)

އިސްމާއިލް ފައުޒީ

ހަސަން ސާޖިދު

ހުސެއިން ނަޒީހު

އާދަމް ޝިމާން

އަހުމަދު ޝުހެއިލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.