އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާނެ ފަރާތްތައް ހޮވުމަށް ހުކުރުދުވަހު ބޭއްވި ޕްރައިމަރީގައި ބ. ކެންދޫ ދާއިރާގެ ޓިކެޓް، ކެންދޫގައި ވޯޓުނުލައި މިހާރުވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހުމަދު ތަސްމީން އަލީ އަށް ދީފި އެވެ.
ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ތަސްމީނަށް ކެންދޫ ދާއިރާގެ ޓިކެޓް ދީފައި ވަނީ ކެންދޫ ފިޔަވައި އެ ދާއިރާގެ އެހެން ރަށްރަށުގަޔާއި މާލޭގައި ބޭއްވި އިންތިހާބުން 391 ވޯޓް ހޯއްދަވައިގެންނެވެ. ތަސްމީނާ ވާދަކުރެއްވި ކެންދޫ، މައުރޫފް ޒާކިރަށް ލިބިފައި ވަނީ 181 ވޯޓެވެ.
ކެންދޫގައި ވޯޓްލުން ނުބާއްވާ އިރު އެ ރަށަށް ވޯޓްލުމަށް 260 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ކެންދޫގައި ވޯޓް ލުން ކުރިއަށް ނުގެންދިޔައީ އެ ރަށުގައި ވޯޓްލާނެ މާހޯލެއް ނުލިބުމުން ކަމަށް އެ ޕާޓީން ބުނެއެވެ.
އެމްޑީޕީން ބުނީ ކެންދޫ ދާއިރާގެ އިންތިހާބު އަލުން ބޭއްވުމުގެ ވިސްނުމެއް އެ ޕާޓީ އިން ނުގެންގުޅޭ ކަމަށެވެ.