މިހާރު ކުރިޔަށްދާ އެލް މޮބައިލް ޔޫތް ޗެމްޕިއަންޝިޕް 2014 ގެ ގުރޫޕް 3 ގައި އޭދަފުށި ކުޅުނު ތިންވަނަ މެޗުން ބީޖީ ސްޕޯޓްސް އަތުން 2-0 އިން މޮޅުވެ، މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި އޭދަފުށި ޓީމަށް ލީޑު ހޯދައިދިނީ އަހުމަދު ޝުހެއިލް (ބަންބުޗް) އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރު 9 ނަޒީހެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށި ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އަހުމަދު ޝުހެއިލެވެ.
ކުއާޓަރ ފައިނަލްގެ މެޗުތައް އޮންނާނީ ފެބްރުއަރީ 11 ގައެވެ.