ޢަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން މިރޭ

media_4740ކުރިން 30 ޖެނުއަރީ 2014 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޢަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން މިރޭ 9 ޖަހާއިރު އޭދަފުށީ މަލްޓި ޕާޕަސް ހޯލުގައި އޮންނާނެ ކަމުގައި ކްލަބް ދަ ބިގިނާރސް އިން މިއަދު ބުނެފިއެވެ. ކްލަބް ދަ ބިގިނާރސްގެ ރައީސް އަލީ ޝަފީގް ވިދާޅުވިގޮތުގައި މިރޭ އޮންނަ ގުރުއަތުލުމުގެ ރަސްމިޔާތުގައި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ އޮފިޝަލުންނަށް ދަޢުވަތު ދީފައިވާ ކަމަށެވެ.

މިއަންނަމަހުގެ 7 ވަނަ ދުވަހުގެ ހަވީރު ފަށާ މިމުބާރާތުގައި ބ. އަތޮޅުގެ 3 ރިސޯޓަކުން ވަނީ ބައިވެރިވެފައެވެ. އެއީ ސޮނެވާފުށި ރިސޯޓް، އަނަންތަރާ ކިހަވަށް ވިލާސް އަދި ފޯ ސީޒަން ލަނޑާ ގިރާވަރެވެ. އަދި މީގެ އިތުން އޭދަފުށިން 7 ޓީމެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެއިމްސް ޔުނައިޓެޑް، ޔުނައިޓެޑް ވީ، ދަ ޗެލެންޖާސް، އެފް ސީ ސޫޕް، ވެލާ ސްޕޯޓްސް، ހުސް ސޮނގުން އަދި ސަޖީ އެން ފްރެންޑްސް އެވެ.

ޖުމްލަ 10 ޓީމަކުން ވާދަކުރާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ އާއި ރަނާރސް އަޕް ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް މާލެ/ކޮލަމްބޯ ދެކޮޅު ޓިކެޓް ދިނުމަށްވެސް ވަނީ އެކްލަބުން ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.