ހިތާދޫން އަލަށް ހޮވުނު ކައުންސިލަރުންނާ ސަލީމު ބައްދަލުކުރައްވައިފި

Saleem-meets-wiht-new-councl

ރައްޔިތުން މަޖިލީހުގެ ބ. އޭދަފުށީ ދާޢިރާގެ މެންބަރު އަހުމަދު ސަލީމު (ރެޑްވޭވު ސަލީމް) ހިތާދޫން އަލަށް ހޮވުނު ކައުންސިލު މެންބަރުންނާއި ބައްދަލަ ކުރައްވައިފި އެވެ.

މި ބައްދަލުވުގައި ބައިވެރިވެވަަޑަގަތީ އަމިއްލަ ގޮތުން ވާދަކުރެއްވި ބ. ހިތާދޫ ފަޒާ އަބްދުއް ރަޝީދާއި، އެވިއަން ރާޝިދު މުޙައްމަދު އަދި އެމްޑީޕީން ވާދަކުރެއްވި ވޭސަން މުޙައްމަދު ޙަސަނެވެ.

ބ. ހިތާދޫ އެވިން ގައި މީޑިއާގެ ހާޒިރުގައި ބޭއްވި މިބައްދަލުމުގައި އަަލަށް ހޮވުނު ކައުންސިލަރުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް ސަލީމު އެދިވަޑައިގެންނެވި އެވެ.

ސަލީމް ވިދާޅުވީ ހިތާދުއަށް ބޭނުންވާ ޚިދުމަތްތަށް ހޯދައިދިނުމަށް ކުރީގެ ކައުންސިލާ ގުޅިގެން އޭނާ މަސައްކަތް ކުރައްވަން އުޅުއްވިކަމަށާއި ނަމަވެސް އެންމެ އެދެވޭ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް މިކައުންސިލުން ވެސް އެއްބާލުން ދެއްވުމަށް އެދޭކަމަށާއި ކޮންމެ ފިކުރެއްގެއި ވިޔަސް ރަށުތަރައްޤީއަށް މަަސައްކަތް ކުރައްވަން ޖެހޭނީ އެންމެން ގުޅިގެން ކަމަށެވެ.

ސަރުކާރާއި ގުޅިގެން ހިތާދޫގެ ތަރައްޤީއަށް ހުރި މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެމަނިކުފާނު ބޭނުން ފުޅުވަނީ ކައުންސިލަރުންނާއި އެކު މިނިސްޓްރީތަކަށް ވަޑައިގެން މިނިސްޓަރުންނާ ބައްދަލު ކުރެއްވުމަށްކަމަށާއި ހުވާ ކުރެއްވުމަށް ފަހު ވީހާވެސް އަވަހަކަށް ވަޑައިގެން މަސައްކަތްތަށް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި މިހާރުން މިހާރަށްވެސް ކުރެއްވެން ހުރި ކަމައެއް ކޮށްދެއްވާނެ ކަމަށް ސަލީމު ވިދާޅުވިއެވެ.

ހިތާދޫގެ ނަރުދަމާ އާޢި ބެހޭގޮތުން އެެމްޑީޕީގެ މެންބަރު ސުވާލުކުރެއްވުމުން ސަލީމް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ދޮޅު މިލިއަނަށްވުރެ ގިނަ ފައިސާ ހިމެނިފައިވާނެ ކަމަށެވެ. އެއީ އިދާރީ ކަންކަމާ ޑިޒައިން ކުރުމަށް ހިމެނިފައިވާ ފައިސާ ކަމަށާއި ނަރުދަމާގެ މަސައްކަތް ކުރާނީ ބޭރު އެހީ ހޯދައިގެން ކަމަށް ވިދާޅުވިއެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅޭތެނަކާއި ބެހޭގޮތުން ސުލާލު ކުރެއްވުމުން ވިދާޅުވީ މިސަރުކާރުން ފުރަތަމަ އިސްކަންދެނީ 2000 ން މަތީގެ އާބާދީތަކަށް ކަމަށާއި ހިތާދޫގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ސަރަހައްދެއް ޤާއިމުކުރުން އަވަސް ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ޔޫތު މިނިސްޓަރަށް ދައުވަތު ދެއްވައިގެން ހިތާދުއަށް ޔޫތު މިނިސްޓަރާއި އެކު ވަޑައިގަނެވޭތޯ މަސައްކަތް ކުރައްވާނެކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމުގެ މިދަތުރު ފުޅުގައި ހިތާދޫގެ ފެންޕްލާންޓު ބައްލަވާލައްވާ ފެންޕްލާންޓު މަރާމާތުކޮށް ރައްޔިތުންނަށް ފެނުގެ ޚިދުމަތް އަވަހަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވި އެވެ.

ސަލީމުގެ މިދަތުރުފުޅަކީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބ. އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާތީ ދާއިރާގެ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.