ދަ ޗެލެންޖާސް – ލަނޑާގިރާވަރު މެޗުން މުބާރާތް ހުކުރު ދުވަހު ފަށަނީ

މަރުހޫމް ޝާހީންގެ ފުޓްސަލް ޗެލެންޖުގެ ގުރުލުމަށް ރޭ ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން-- ފޮޓޯ / ދަ ބިގިނާސް
މަރުހޫމް ޝާހީންގެ ފުޓްސަލް ޗެލެންޖުގެ ގުރުލުމަށް ރޭ ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން– ފޮޓޯ / ދަ ބިގިނާސް

ދަ ޗެލެންޖާސް އާއި ލަނޑާގިރާވަރު ރިސޯޓް މެޗުން އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖު ހުކުރު ދުވަހު ފަށަން ކްލަބް ދަ ބިގިނާސް އިން ތައްޔާރުވެއްޖެ އެވެ.

10 ޓީމު ވާދަކުރާ މުބާރާތުގެ އޭ ގްރޫޕުގައި ހިމެނުނީ ފޯސީޒަންސް އެޓް ލަނޑާގިރާވަރު ރިސޯޓާއި ދަ ޗެލެންޖާސް އާއި އެފްސީ ސޫޕް އަދި ފެއިމްސް ޔުނައިޓެޑް އެވެ. ބީ ގުރޫޕުގައި ވާދަކުރާނީ އަނަންތަރާ ކިހަވައްވިލާސް ރިސޯޓާއި ވެލާ ސްޕޯޓްސް އަދި ހުސް ސޮންގުން އެވެ.  ގްރޫޕް ސީ ގައި އޮތީ ސޮނެވާފުށީ ރިސޯޓާއި ޔުނައިޓެޑް ވީ އަދި ސަޖި އެންޑް ފްރެންޑްސް އެވެ.

މުބާރާތް ރާވާފައިވަނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި، ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމާ އެކުއަށް ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.

ޗެމްޕިއަންޓީމަށް -/10،000 ރުފިޔާ އަދި ރަނާ-އަޕް ޓީމަށް -/5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް މާލެ/ކޮލަމްބޯ ދެކޮޅު ޓިކެޓް ދިނުމަށްވެސް ވަނީ އެކްލަބުން ނިންމާފަ އެވެ.

ތުރުކީ ވިލާތުގެ ގައުމީ އެއާ ލައިން “ޓާކިސް އެއާލައިން” އިން ސްޕޮންސާކޮށްފައިވާ މުބާރާތުގެ ކޯ ސްޕޮންސަރަކަށް ރެޑް ވޭވް ހަމަޖައްސާފައި ވާއިރު މީޑިޔާ ޕާޓްނަރަކީ އޭދަފުށީ ޓައިމްސް (އީޓީ) އެވެ.

މަރުހޫމް އަހްމަދު ޝާހީން ފުޓްސަލް މުބާރާތުގެ ސެޑިއުލް ޑައުންލޯޑް ކުރެއްވުމަށް ފިތާލައްވާ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.