އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖް ފަށައިފި

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ބައްދަލުކުރި ފޯސީޒަންސް ރިސޯޓްސް މޯލްޑިވްސްއާއި ދަ ޗެލެންޖާސް - ފޮޓޯ/ ދަ ބިގިނާސް
އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ބައްދަލުކުރި ފޯސީޒަންސް ރިސޯޓްސް މޯލްޑިވްސްއާއި ދަ ޗެލެންޖާސް – ފޮޓޯ/ ދަ ބިގިނާސް

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖު މިއަދު ހަވީރު ފަށައިފިއެވެ. އޭދަފުށީ ފުޓުބޯޅަ ދަނޑުގައި މިއަދު ފެށި މި މުބާރާތުގައި މިއަދު ކުޅުނީ ގުރޫޕް އޭގެ ދެމެޗެވެ.

ފުރަތަމަ މެޗުގައި ބައްދަލުކުރީ ފޯސީޒަންސް ރިސޯޓްސް މޯލްޑިވްސްއާއި ދަ ޗެލެންޖާސްއެވެ. ފަހަތުން އަރާ މި މެޗު 2-3 އިން ކާމިޔާބު ކުރީ ދަ ޗެލެންޖާސްއެވެ. ފޯސީޒަންސްއިން ގޯލްތައް ޖަހައިދިނީ ޔޫސުފް ސިދުގީއާއި ފާއިރިޝް މުހަންމަދެވެ. ދަ ޗެލެންޖާސްއިން ގޯލްތައް ޖަހައިދިނީ އަޝްފާމް ހަމީދާއި ހުސެއިން ފާސިރެވެ. ހުސެއިން ފާސިރުވަނީ މި މެޗުގައި 2 ގޯލު ކާމިޔާބުކޮށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި އެފްސީ ސޫޕެވެ. މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެފްސީ ސޫޕުން ފުރަތަމަ ހާފުގައި ލަނޑު ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން މުހަންމަދު ފާސިރުގެ ޕާހަކުން މުހަންމަދު އަބޫބަކުރެވެ. ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ފެއިމްސް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ޒުބައިރެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑްގެ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މާދަމާ ހަވީރުވެސް މި މުބާރާތުގެ ދެ މެޗެއް ކުޅެވޭނެއެވެ. ފުރަތަމަ އޮންނާނީ ގުރޫޕް ބީގެ އަނަންތަރައާއި ވެލާ ސްޕޯޓްސް ބައްދަލުކުރާ މެޗެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ސީގެ ސޮނެވާފުށި ރިސޯޓާއި ޔުނައިޓެޑް ވީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.