ސޮނެވާ މޮޅުވެ، އަނަންތަރައާ ވެލާ އެއްވަރުވެއްޖެ

DSC_04432 - Copy

އޭދަފުށީގައި މިހާރު ކުރިޔަށްދާ އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރުގެ މެޗުތަކުން ސޮނެވާފުށި، ޔުނައިޓެޑް ވީގެމައްޗަށް ކުރި ހޯދިއިރު އަނަންތަރައާއި ވެލާ ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ގުރޫޕް ބީގެ އަނަންތަރައާއި ވެލާ ސްޕޯޓްސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަނަންތަރައަށް ލަނޑުތައް ޖަހައިދިނީ ޢަބްދުﷲ ޒަހީނާއި ހަސަން ސަލީމެވެ. އަދި ވެލާ ސްޕޯޓްސް އަށް ލަނޑުތައް ޖަހައިދިނީ ރުޝްދާން އިބްރާހިމާއި މުހައްމަދު ފަޔާޒް (ކުވާ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާ ސްޕޯޓްސްގެ ޝާހީ މޫސާ އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގެ ސޮނެވާފުށި ރިސޯޓާއި ޔުނައިޓެޑް ވީ އެވެ. މި މެޗު 4-3 އިން ކާމިޔާބު ކުރީ ސޮނެވާފުށި ރިސޯޓެވެ. ޔުނައިޓެޑް ވީ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ހުސެއިން ޝިހުބާނެވެ. އަނެއް ލަނޑު ޖަހައިދިނީ މުހައްމަދު އަޖުފާނެވެ. ސޮނެވާފުށްޓަށް ލަނޑުތަށް ޖަހައިދިނީ އަޒުމީން އަބްދުއްސައްތާރާއި އިބްރާހިމް މާޖިދުގެ އިތުރުން މުހައްމަދު ރަޝީދެވެ. އަޒުމީން އަބްދުއްސައްތާރު ވަނީ މި މެޗުގައި ސޮނެވާފުށްޓަށް ދެ ލަނޑު ޖަހައިދީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

މާދަމާ ހަވީރުވެސް މި މުބާރާތުގެ ދެ މެޗެއް ކުޅެވިގެން ދާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ  ފޯސީޒަންސް ރިސޯޓްސް މޯލްޑިވްސްއާއި  އެފްސީ ސޫޕެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ދަ ޗެލެންޖާސް އާއި ފެއިމްސް ޔުނައިޓެޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.