
ހިތާދޫ ޔޫތުވިންގް ޖަމިއްޔާއިން 2013 ވަނަ އަހަރު ބޭއްވި 13 ވަނަ ކިރިތި ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން އަދި ތ ދީފިއެވެ.
ތިން ގިންތިއަށް ބާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ސްކޫލު ކުދިންގެ ބައިން އެއްވަނައަށް ހާސިލުކުރީ ލ. ދަނބިދޫ މާނިފާ އައިޝަތު ނާޖިޔާ އަލީއެވެ. މިބައިން ދެވަނަ ބ. ހިތާދޫ ޖަވާހިރުވާދީ ނާއިލާ މުޙައްމަދު ހޯދިއިރު ތިންވަނައަށް ދިޔައީ ބ. ހިތާދޫ އެރޯމާ ނުހާ އިސްޙާގެވެ.
އާންމުންގެ ބައިން ދެވަނައަށް ދިޔައީ ބ. ހިތާދު އުތުރުގެ އަފީފާ ގާސިމެވެ. މިބައިން ތިންވަނައަށް ދިޔައީ ބ. ހިތާދޫ ވައިޖެހޭގެ އަމްނާ ޙުސައިނެވެ. ޢާންމުންގެ ބައިންނާއީ ޕްރީސްކޫލުގެ ބައިން އެއްވެސް ބައިވެރިއަކު އެއްވަނައަށް ގޮސްފައެއް ނުވެއެވެ.
ހިތާދޫ ޔޫތުވިންގް އިން ބުނީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ޖުމްލަ 152 ބައިވެރިން ކިޔަވާފައިވާ ކަމަށެވެ. އަދި މުބާރާތް ބޭއްވުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާލުން ލިބިފައިވާކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.