ފަހުވަގުތު ކާމިޔާބުކުރި ގޯލާއެކު 0-1 އިން މަހިބަދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދާ އޭދަފުށި ޒުވާނުންގެ ކްލަބް އެލް މޮބައިލް ޔޫތް ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗުގެ ހަމައެކަނި ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޭދަފުށި ޓީމްގެ އާދަމް ސިމާން އެވެ.
މި މެޗުގެ 78 ވަނަ މިނެޓްގައި މަހިބަދޫ ޓީމްގެ ކެޕްޓަން އިބްރާހިމް ނޫރައްދީން އޭދަފުށީގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
އޭދަފުށީ ޒުވާނުންގެ ކްލަބް ސެމީގައި ބައްދަލުކުރަން ޖެހޭނީ މި ރޭ ކުއާޓާފައިނަލްގެ ހަތަރުވަނަ މެޗުގައި މާޒިޔާއާއި ވައިކަރަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ކެލާ ނާޅި ސްޕޯޓްސް ކްލަބްއެވެ.
ސެމީ ފައިނަލް މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހުގައެވެ.
ހުރިހާ ކުޅުންތެރިންނަށްވެސް މަރުޙަބާ! އަބަދުވެސް ކާމިޔާބަށް އެދެން