ސޫޕާއި ފެއިމްސްގެ ހެޓްރިކް ތަކާއެކު ގުރޫޕް އޭގެ މެޗުތައް ނިމިއްޖެ

DSC_0212
ދަ ޗެލެންޖާސް އާއި އެފްސީ ސޫޕް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު

އޭދަފުށީގައި މިހާރު ކުރިޔަށްދާ އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި ގުރޫޕް އޭގެ މެޗުތަށް ނިމިއްޖެއެވެ.

ފުރަތަމަ މެޗުގައި ދަ ޗެލެންޖާސްގެ މައްޗަށް އެފްސީ ސޫޕް ކުރި ހޯދީ 4-2 އިންނެވެ. ސޫޕަށް މިމެޗުގައި މުހައްމަދު ފާސިރު ހެޓްރިކް ހަދައިދިން އިރު އަނެއް ލަނޑު ޖަހައިދިނީ މުހައްމަދު އަބޫބަކުރެވެ. ދަ ޗެލެންޖާސްގެ ލަނޑުތައް ޖަހައިދިނީ އަފްޝާމް ހަމީދާއި އަފުއާލް އަބްދުލް ހަމީދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ސޫޕަށް ހެޓްރިކް ހަދައިދިން މުހައްމަދު ފާސިރެވެ.

DSC_0435
ފެއިމްސް ޔުނައިޓެޑާއި ފޯސީޒަންސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު

ދެވަނަ މެޗުގައި ފެއިމްސް ޔުނައިޓެޑުން ފޯސީޒަންސް ރިސޯޓްސް މޯލްޑިވްސްގެ މައްޗަށް  ފަސޭހަ ކަމާއެކު ކުރި ހޯދީ 8-1 އިންނެވެ. މި މެޗުގައި ފެއިމްސް ޔުނައިޓެޑުގެ އަލީ ޒުބެއިރާއި ޢަބްދުﷲ ޒަޢީމް (އައްބި) ހެޓްރިކް ހެދިއިރު، އިބްރާހިމް ފައުޒީ އަދި އިޝާން އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ގޯލު ޖަހައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑުގެ ޢަބްދުﷲ ޒަޢީމެވެ.

grA
ގުރޫޕް އޭގެ ފައިނަލް ސްޓޭންޑިންސް

މި މުބާރާތުގެ ދެ މެޗު މާދަމާ ހަވީރު ކުޅެނީ ގްރޫޕް ސްޓޭޖުގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު ދެ މެޗެވެ.  ފުރަތަމަ މެޗުގައި ގުރޫޕް ސީގެ ޔުނައިޓެޑް ވީ އާއި ސަޖި އެންޑް ފްރެންޑްސް  ދެވަނަ މެޗުގައި ބައްދަލުކުރާއިރު ދެވަނަ މެޗުގައި ގުރޫޕް ބީގެ ވެލާ ސްޕޯޓްސް އާއި ދެކޮޅަށް ނުކުންނާނީ ހުސް ސޮނގުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.