“އޭދަފުށި ޓައިމްސް” މަޖައްލާގެ ފުރަތަމަ އަދަދު ނެރެފި

އޭދަފުށި ޓައިމްސް ގެ ފުރަތަމަ އަދަދު މިއަދު މީހަކު ކިޔަނީ، މިއީ އޭދަފުށީގައި މި ކޮލިޓީގައި މިހާތަނަށް ނެރުނު ފުރަތަމަ މަޖައްލާ. އީޓީ ފޮޓޯ / ފޮޓޯ ޒަހާން
އޭދަފުށި ޓައިމްސް ގެ ފުރަތަމަ އަދަދު މިއަދު މީހަކު ކިޔަނީ، މިއީ އޭދަފުށީގައި މި ކޮލިޓީގައި މިހާތަނަށް ނެރުނު ފުރަތަމަ މަޖައްލާ. އީޓީ ފޮޓޯ / ފޮޓޯ ޒަހާން

 

“އޭދަފުށި ޓައިމްސް ގެ ނަމުގައި ފުރަތަމަ ފަހަރަށް އޭދަފުށީގައި މަޖައްލާއެއް ނެރެފި އެވެ.

މިއަދު ނުކުތް “އޭދަފުށި ޓައިމްސް” މަޖައްލާގެ ފުރަތަމަ އަދަދުގައި ހިމެނެނީ 60 ސަފުހާ އެވެ. މި ނޫހުގައި އިޖްތިމާއި، ސިޔާސީ، އިންޓަވިއު، ވިޔަފާރި، ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ ޚަބަރުތަކާއި ރިޕޯޓްތައް ހިމެނެ އެވެ.

މި ނޫހުގެ ބޭނުމަކީ އޭދަފުށި ޓައިމްސް އޮންލައިން ނެރޭތާ ފަސް އަހަރު ފުރި އާ މަރުހަލާއަކަށް ނޫސް މިސްރާބު ޖެހުމެވެ.

އޭދަފުށީ ޓައިމްސް މަޖައްލާ”ގެ ނަމުގައި ނެރޭ މިއީ ފުރަތަމަ އަދަދެވެ. އީޓީގެ ޓީމު ވިސްނާފައި އޮތީ މި މަޖައްލާގެ ޖުމްލަ ތިން އަދަދު ނެރޭ ގޮތަށެވެ. ކޮންމެ 15 ދުވަހަކުން މަޖައްލާއެއް ނެރުމަށް ފަހު ތިޔަ ބޭފުޅުންނާ ދުވަސްކޮޅަށް ދުރަށް ޖެހިލިޔަސް، ކޮންމެ ހާއްސަ މުނާސަބަތެއްގައި މި މަޖައްލާ އަލުން ތިޔަ ބޭފުޅުންގެ އަތްޕުޅު މައްޗަށް ގެންދިއުމުގެ ވިސްނުމެއް އަޅުގަނޑު ގެންގުޅެމެވެ.

މިފަހަރުގެ އަދަދުގައި މުހިންމު ވާހަކަތަކެއް އެބަހުއްޓެވެ. ތަޖުރިބާކާރު ނޫސްވެރިންނާއި މުޅިން އާ ލިޔުންތެރިންގެ ބުރަ މަސައްކަތްތަކެއް މި މަޖައްލާއިން ފުރަތަމަ އަދަދުން ފެނިގެން ދާނެއެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދުގައި ހާއްސަކޮށް އޭދަފުށީގެ މާހައުލާއި ކުރިއަށް އޮތް ބޮޑު އިންތިހާބާ ބެހޭ ގޮތުން ރަށުގެ ރައްޔިތުންނަށް ދޭން ޖެހޭ މެސެޖްތައް ވަރަށް ތިލަ ބަހުން ބުނެދެވިފައި ހުންނާނެ އެވެ. ވޯޓު ލުމުގައި ވިސްނަންވީ ގޮތާއި ކެންޑިޑޭޓުންގެ ވަނަވަރާއި އެ ބޭފުޅުންގެ އެހެނިހެން ބައިވަރު މައުލޫމާތުތަކެއް އެ ކެންޑިޑޭޓުންގެ ރުހުމާއި އިޒުނަ އާއި އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުމާ ވެސް އެކުވާނީ ހިއްސާ ކޮށްފަ އެވެ.

އަޅުގަނޑުމެން ޓީމުގެ މަގުސަދަކީ މައުލޫމާތު ފެތުރުމެވެ. އެކަން އަޅުގަނޑުމެން އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެމެވެ.

“އޭދަފުށި ޓައިމްސް” މަޖައްލާ އަކީ އޭދަފުށީ ޓައިމްސްގެ ގެ މެނޭޖްމަންޓުގެ ފަރާތުން ނެރޭ މަޖައްލާއެކެވެ. މި މަޖައްލާގެ މަސްއޫލުވެރި އަކީ އަހްމަދު އަޝްރަފް އެވެ. އެޑިޓަރަކީ ތޯރިގް އަބްދުއްރަހްމާން އެވެ. ލިޔުންތެރިންގެ ތެރޭގައި ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިންނާއި ލިޔުންތެރިން ހިމެނެއެވެ.

މި މަޖައްލާގެ ކޮންމެ އަދަދެއް ވެސް ހިލޭ ބަހާ ގޮތަށް ހަމަޖެހިފައި ވާތީ އެއްވެސް ކޮޕީއެއް ވިއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.