“ދަނޑު ތަރައްގީ ކުރުމަކީ އަޅުގަނޑުގެ ޖީބުންވެސް ކޮށްލެވޭވަރުގެ ކަމެއް”

ރެޑްވޭޥް ސަލީމް
ރެޑްވޭޥް ސަލީމް

 

އޭދަފުށީގެ އިރުމަތީ ފުޓްބޯޅަ ދަނޑު ފެންވަރު ރަނގަޅު ދަނޑަކަށް ބަދަލުކުރުމުގެ މަސައްކަތް އެއްވެސް ފަރާތަކަށް ކޮށްނުދެވިއްޖެނަމަ އަމިއްލަޖީބުން ހަރަދުކޮށްގެން ނަމަވެސް އެކަންކުރަން ތައްޔާރަށް ހުންނެވިކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެ އެވެ.

މާޗް 22 ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގެ އޭދަފުށީ ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ އަދި މިހާރުވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ކެމްޕޭންގެ ދަށުން ރޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަލީމް ވިދާޅުވީ މިރަށު އިރުމަތީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށާއި، ބިން ހިއްކާ ނިމޭއިރަށް އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

“ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އިރުމަތީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަކީ މި ސަރުކާރުން ކުރާނެކަމެއް. އެކަން ނުވިޔަސް ﷲ ރަހްމަތާއެކު އަޅުގަނޑު މި ތަނަވަސްކަންމަތީ ލަހައްޓަވައިފިއްޔާ އެކަމަކީ އަޅުގަނޑުގެ ޖީބުންވެސް ކޮއްލެވޭވަރުގެ ކަމެއް. އެކަން އިރާދަކުރެއްވިޔާ އަޅުގަނޑުކޮށްދޭނަން” ސަލީމް ވިދާޅުވި އެވެ.

އޭދަފުށީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ސަރުކާރުގެ މަސައްކަތްތައް މިހާރުގޮސްފައިވާ ހިސާބުވެސް ރޭވަނީ އާންމުންނާ ސަލީމް ހިއްސާ ކުރައްވާފަ އެވެ. ސަލީމް ވިދާޅުވީ ކަމާބެހޭ މިނިސްޓްރީތަކުގެ ވަޒީރުންނާ ކޮންމެ ދުވަހަކުވެސް އެއްފަހަރު ގުޅުއްވައި ކަންކަން އަވަސްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

“މިއަދުވެސް ހައުސިންގް މިނިސްޓްރީގެ ވަޒީރާ އަޅުގަނޑު ވާހަކަދެއްކީމާ ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތް މިހާރުއޮތީ ބޮސްކާލިސްއާ ހަވާލުކުރުމާ ހަމައިގައޭ. މިހާރުވެސް މިމަސައްކަތް ކުރަނީ ހިއްކާ ބޯޓު ވީހާއަވަހަކަށް ރާއްޖެ ގެނެވޭތޯއޭ. މިރަށް ހިއްކަން ނަގާނީ 10 ނުވަތަ 12 ދުވަސް އެންމެގިނަވެގެންވެސް. ދެން އަނެއްކޮޅުން ހިތާދުއާއި، މާޅޮސް އަދި އޭދަފުށީގެ ފެންހޮޅި އެޅުމަށްތަކައި ސާވޭޓީމެއް އަންނަ ހަފްތާގައި އެ ރަށްރަށަށް ދަތުރުކުރާނެކަމަށް އަޅުގަނޑަށް މިދިޔަ ހަފްތާ މައުލޫމާތު ލިބުނީ” ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މި ސަރުކާރުގެ ފަސްއަހަރު ނިމޭއިރު އޭދަފުއްޓަށް ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ކޮށްދޭނެކަމަށާ، ދެންއޮންނާނީ ރައްޔިތުންގެ ގެދޮރު ތަރައްގީކުރުން ކަމަށެވެ.

ސަލީމްގެ ކެންޕޭން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ރޭ ވަނީ ހުޅަނގު ސަރަހައްދު ފަތިސްގޭ ކައިރީގައިވެސް “ނުގުޑާ ޖަގަހަ” ގެ ނަމުގައި އިތުރު ޖަގަހައެއް ހުޅުވައިފައެވެ .އަދި އަންނަ ހަފުތާގައިވެސް އިތުރު ޖަގަހަތަކެއް ހުޅުވަން ތައްޔާރުވަމުންދާކަމަށް ސަލީމް ކެންޕޭން ޓީމުން ބުނެ އެވެ.

އެއޮފީހުން ބުނީ ކެންޕޭން ދަތުރެއްގައި މިއަދު ދާއިރާގެ އަނެއް ދެރަށްކަމުގައިވާ ހިތާދުއަށާ، މާޅޮހަށްވެސް ސަލީމް ދަތުރު ކުރައްވާނެކަމަށާ، އެރަށްރަށުގައިވެސް ކެންޕޭންގެ ފޯރިވަރަށް ގަދައަށް އެބައޮތްކަމަށެވެ.
ސަލީމްގެ އިތުރުން އޭދަފުށީ ދާއިރާއަށް އަމިއްލަގޮތުން އަބްދުﷲ ޔަޒީދު އަދި އެމްޑިޕީން ހިސާން ހުސައިން ވާދަކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ބ އަތޮޅު

    މިހާ ދުވަސްވީއިރުވެސް އެހެން ނުބުނެ އެކަން ކޮށް ނިމުނީމަ އެބުނީ ..ތީ ކައިފަ ވައެއްދޫކޮށްލުން ކަހަލަ ކަމަކޭ…މޮޅު މީހެއް ތީ …ޤައުމާއިގެން ކުރިއަށް..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.