ސޮނެވާ އާއި ފެއިމްސް ޔުނައިޓެޑް ފައިނަލަށް

ސޮނެވާފުށި ރިސޯޓާއި ދަ ޗެލެންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު
ސޮނެވާފުށި ރިސޯޓާއި ދަ ޗެލެންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު

އޭދަފުށީގައި މިހާރު ކުރިޔަށްދާ މަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ސޮނެވާފުށީ ޓީމާ، ފެއިމްސް ޔުނައިޓެޑް ހިނގައްޖެއެވެ.

ޗެންޕިއަން ޓީމަށް 10000ރުފިޔާދޭ މިމުބާރާތުގެ ފައިނަލަށް ސޮނެވާފުށީ ޓީމް ދަތުރުކުރީ އިއްޔެ ހަވީރު އަނަންތަރާއާއެކު ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗް 9-4ގެ ބޮޑުތަފާތަކުން މެޗްކާމިޔާބުކޮށްގެންނެވެ. މިމެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނު ސޮނެވާފުށީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލްމަޖީދުވަނީ މިމެޗްގައި ސޮނެވާފުއްޓަށް 4 ލަނޑުޖަހާދީފައެވެ. ސޮނެވާފުށީގެ އެހެންލަނޑުތައް ކާމިޔާބުކުރީ އަޒްމީން (2ގޯލް)، މާޖިދު (2ގޯލް) އަދި ޝިޔާމް (1ގޯލް) އެވެ. އަނަންތަރާގެ 4 ގޯލްގެތެރެއިން 2 ގޯލް ޒަހީން ކީމިޔާބުކުރިއިރު، އަހްމަދު ހުސައިންވެސް 2 ގޯލް ކާމިޔާބުކުރިއެވެ.

އިއްޔެ ކުޅުނު ސެމީގެ 2 ވަނަމެޗްގައި ފެއިމްސް ޔުނައިޓެޑް ފައިނަލަށް ދިޔައީ އެފްސީ ސޫޕާ ބައްދަލުކޮށް 4-1ން މެޗް ކާމިޔާބުކޮށްގެންނެވެ. ފެއިމްސް އިން ޖެހި 4 ގޯލްގެތެރެއިން 2 ގޯލް އަލީ ޒުބެއިރު ޖެހިއިރު އަނެއްދެގޯލް ޖެހީ މައުމޫން އަދި ޒައީމްއެވެ. ސޫޕްގެ ހަމައެކަނި ލަނޑު ވައްދާލީ މުހައްމަދު ފާސިރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.