ސެމީ ފައިނަލުގައި އޭދަފުށްޓާއި މާޒިޔާ ސްޕޯޓްސް މިއަދު ހަވީރު

celebaftergoal

މިހާރު ކުރިއަށްދާ އެލްމޯބައިލް ޔޫތް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އޭދަފުށްޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރަން ޖެހިއްޖެއެވެ.

 މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ކުޅުން ނިމުނުއިރު އޭދަފުށީ ޒުވާނުންގެ ކުލަބުން ވަނީ އެޓީމު ހިމެނުނު ގްރޫޕް ތިނެއްގެ އެއްވަނަ މަޤާމް ހޯދާފައެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ ގުރޫޕް ދޭއްގެ އެއްވަނަ މަގާމު ހޯދައިފައެވެ.

ސެމީގެ ފުރަތަމަ މެޗްގައި އިއްޔެ ހަވީރު އީގަލްސްއާއި ކެލާނާޅި ބައްދަލުކުރި މެޗުން   ކްލަބް އީގަލްސްއިންވަނީ ފަސޭހަ ކަމާއެކު 0-3 އިން ކާމިޔާބު ކޮށްފައެވެ.  މި ޓީމުގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އަހުމަދު ރިޒުވާން، މުހައްމަދު މުސްލިހްއާއި އިބްރާހިމް އަންސާރެވެ. އަދި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހަމަ އެ ކުލަބުގެ މުހައްމަދު މުބީން އަހުމަދު ރަޝީދެވެ. ކްލަބް އީގަލްސްއިންވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯފައިފައެވެ. ފައިނަލުގެ ފަހު ޖާގެ ލިބެނީ ކޮން ޓީމަކަށްކަން އިނގޭނީ މިއަދު ހަވީރު އޭދަފުށްޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރާ މެޗުން މޮޅުވާ ބަޔަކަށެވެ.

މިއަދު ހަވީރު 4:30ގައި އެއްނަންބަރު ޓާފްދަނޑުގައި ކުޅޭ މެޗްގައި އޭދަފުއްޓަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދިއުމަކީ ކުޅުންތެރިންނާއި މެނޭޖްމަންޓްގެ ވަރަށް ބޮޑު އެދުމެކެވެ.

ފައިނަލް މެޗް ކުޅުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.