އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް މުބާރާތުގެ ތަށި ފެއިމްސް ޔުނައިޓެޑަށް

މުބާރާތުގެ ޗެންޕިއަން ފެއިމްސް ޔުނައިޓެޑް ޓްރޮފީއާއެކު. ފޮޓޯ/ - ޒަހާން
މުބާރާތުގެ ޗެންޕިއަން ފެއިމްސް ޔުނައިޓެޑް ޓްރޮފީއާއެކު. ފޮޓޯ/ – ޒަހާން

އޭދަފުއްޓަށް ހުޅުވާލައިގެން އަލްމަރުހޫމް އަހްމަދު ޝާހީންގެ ހަނދާނުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފެއިމްސް ޔުނައިޓެޑް ހޯދައިފިއެވެ.

ފެއިމްސް ޔުނައިޓެޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަހަތުން އަރައި 1-2 އިން ސޮނެވާފުށި ރިސޯޓްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަބްދުﷲ ޒައީމް (އައްބި) އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ސޮނެވާއިން ވަނީ ލީޑުނަގައިފައެވެ. ސޮނެވާއަށް ގޯލް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އިބްރާހިމް މާޖިދެވެ. ފެއިމްސް ޔުނައިޓެޑަށް ގޯލްތައް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަބްދުﷲ ޒައީމް (އައްބި) އެވެ. ފުރަތަމަ ގޯލް ކާމިޔާބު ކުރީ ދެވަނަ ހާފުގައި ފެއިމްސްއަށް ލިބުނު ޕެނަލްޓީއަކުންނެވެ. ދެވަނަ ގޯލް ކާމިޔާބު ކުރީ ފުރިހަމަ ވަގުތުގެ ކުޅުން ނިމެން ކުޑަ އިރުކޮޅެއް ވެފައި ވަނިކޮށެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަލީ ޒުބައިރު. ފޮޓޯ/ - ޒަހާން
މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަލީ ޒުބައިރު. ފޮޓޯ/ – ޒަހާން

މި މިބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑްގެ އަލީ ޒުބައިރަށެވެ. އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އަލީ ޒުބައިރެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަލީ ޒުބައިރަށް ވަނީ ކޮލަންބޯއަށް ދެކޮޅު ޓިކެޓުވެސް ދީފައެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ސޮނެވާގެ ކޯޗެވެ.

މުބާރާތުގެ ރަނާ އަޕް ޓީމަށް ވަނީ /-5،000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް ދީފައެވެ. އަދި ޗެންޕިއަން ޓީމަށް ވަނީ /-10،000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް އަދި ޓްރޮފީވެސް ހަވާލު ކޮށްފައެވެ.

މުބާރާތުގެ ރަނާ އަޕް ޓީމް ސޮނެވާ. ފޮޓޯ/ - ޒަހާން
މުބާރާތުގެ ރަނާ އަޕް ޓީމް ސޮނެވާ. ފޮޓޯ/ – ޒަހާން

އަލްމަރުހޫމް އަހްމަދު ޝާހީން ނިޔާވީ 1433 ވަނަ އަހަރުގެ ބޮޑު އިދާ ދިމާކޮށް އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޕްރެކްޓިސް މެޗެއް ކުޅެން ދަނޑުމަތީގައި ހުއްޓައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.