އޭދަފުށީ ބިންހިއްކުން ބޮސްކާލިސްއާ ހަވާލުކޮށްފި

މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް
މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް

 

އޭދަފުށީ ރައްޔިތުން އެތައްއަހަރެއްވަންދެން އިންތިޒާރުކުރަމުން އައި އޭދަފުށީ ބިންހިއްކުމުގެ މަސައްކަތް މިއަދު ބޮސްކާލިސް އިންޓަނޭޝަނަލް އާ ހަވާލުކޮށްފި އެވެ.

އޭދަފުއްޓާއެކު ރާއްޖޭގެ ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ހަވީރު ހައުސިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ މިރަށްރަށުގެ ބިންހިއްކުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފެށޭވަރުވާނެ ކަމަށެވެ. އޭދަފުށީގެ އިތުރުން މިއަދު ބިންހިއްކުން ހަވާލުކުރި އަނެއް ތިން ރަށަކީ ދ. މީދު، ދ. ކުޑަހުވަދޫ އަދި ކ. ތުލުސްދޫ އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން 570 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ހަ މަސް ނޫނީ އަށް މަސް ދުވަހުގެ ތެރޭގައި މުޅި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ހިއްކާ ނިމޭއިރަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ފެށޭނެކަމަށެވެ.

“ހަ މަހާއި އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ. ބިންހިއްކުމުގެ މަސައްކަތް ނިމުމުން ފަސް ގަނޑު ހިމާޔަތް ކުރުމަށް ލާންޖެހޭ ތޮށި ލުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ،” މުއިއްޒު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ރަށްރަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ކިހާބޮޑުމިނުގެ އަދަދެއްކަމެއް މިނިސްޓަރު ވިދާޅެއްނުވިއެވެ. އެހެންނަމަވެސް އެރަށަކުން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭދަފުށީގެ ފަޅުން 25 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކޭނެކަމަށް ހައުސިންގް މިނިސްޓްރީއާ ހަވާލާދީ އޭދަފުށީ ކައުންސިލުން މީގެ ކުރިންވަނީ ބުނެފައެވ

ބިންހިއްކުމުގެ މަޝްރޫއު އޭދަފުށީގައި ފެށުމަށް އެއްބަސްވުމުގައި ސޮއިމިކުރެވުނީ ދައުލަތުގެ ބަޖެޓްގައި 2012 އަދި 2013 ވަނައަހަރުވެސް ބިންހިއްކުމަށް ބަޖެޓްކުރުމަށްފަހު އެއިން އެއްވެސް އަހަރަކު އެކަމުގެ އަމަލީ މަސައްކަތެއް ނުކުރެވި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. ހަމީދު

    ބަޔަކު ރުހުނަސް އަދިނުރުހުނަސް މިކަމުގައި އަހުމަދު ސަލީމް އަށް އޭދަފުށި ރައްޔިތުން ޝުކުރުވެރިވާން ޖެހޭނެ.އަޅުގަނޑު އުފާވާކަމަކީ ލޮލަށްފެނުނު ސުނާމީ ހާދިސާގެފަހުން ހިތަށްވަތް ބިރުވެރިކަމުގައި 12އަހަރު ދުވަސް ވަންދެން ރޭގަނޑުގެ އަރާމުނިދިން މަހުރޫމްވެ ދަންވަރުގެ ވަގުތުތަކުގައި އަތިރިމަތީގއަި އެކަނިވެރިކަމާއިއެކު ހޭދަކުރި ދުވަސްތައް މާތްރަސްކަލާގެ ހެޔޮރަހުމަތްފުޅާއިއެކު ނިމުމަކަށް އައުމުގެ ކޮޅުމަތިފެންނާތީވެ (މިހާރުގެ ސަރުކާރަށް ވަރަށްބޮޑަށް ޝުކުރިއްޔާ)-އަބްދުލް ހަމީދު އަބްދުލް ކަރީމް-

    ރައްދު
  2. ހަމީދު

    ބަޔަކު ރުހުނަސް އަދިނުރުހުނަސް މިކަމުގައި އަހުމަދު ސަލީމް އަށް އޭދަފުށި ރައްޔިތުން ޝުކުރުވެރިވާން ޖެހޭނެ.އަޅުގަނޑު އުފާވާކަމަކީ ލޮލަށްފެނުނު ސުނާމީ ހާދިސާގެފަހުނ ހިތަށްވަތް ބިރުވެރިކަމުގައި 12އަހަރު ދުވަސް ވަންދެން ރޭގަނޑުގެ އަރާމުނިދިން މަހުރޫމްވެ ދަންވަރުގެ ވަގުތުތަކުގައި އަތިރިމަތީގއަި އެކަނިވެރިކަމާއިއެކު ހޭދަކުރި ދުވަސްތައް މާތްރަސްކަލާގެ ހެޔޮރަހުމަތްފުޅާއިއެކު ނިމުމަކަށް އައުމުގެ ކޮޅުމތިފެންނާތީވެ (މިހާރުގެ ސަރުކާރަށް ވަރަށްބޮޑަށް ޝުކުރިއްޔާ)

    ރައްދު
  3. rasheedha

    މަޖްލީސް ކެމްޕެއިނަށް ދައްކާލި ދަޅައަކާ ހާދަ ވައްތަރޭ ! އެގިދާނެތާ ، ބަލަންމިތިބީ ދަށްފައިގާ ކާށިތެޔޮލައިގެން . 2012 ، 2013 އަދި 2014 ގެ ބަޖެޓްގައިވެސް އޮތް . އުއްމީދުކުރަނީ ބިންހިއްކުން ކުރިއަށް ދާނެކަމަށް . އެގިދާނެތާ ސަލީމު ނުހޮވުނަސް ………………………………

    ރައްދު
  4. ބ އަތޮޅު

    އޭދަފުށީ ރައްޔިތުން އެތައްއަހަރެއްވަންދެން އިންތިޒާރުކުރަމުން އައި އޭދަފުށީ ބިންހިއްކުމުގެ މަސައްކަތް ފެށި އެކަމުގެ ފައިދާ އަތޮޅުގެ ރައްޔިތުނަށްވެސް ކުރާނެކަމަށް އުއްމީދުކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.