ޔަޒީދުގެ މެނިފެސްޓް އިއުލާންކޮށްފި

12

ރައްޔިތުންގެ މަޖިލީހުގެ ބ. އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަބްދުﷲ ޔަޒީދުގެ ތަރައްގީއާއި އުފާވެރިކަން މެނިފެސްޓޯ ރަސްމީކޮށް މާޅޮހުގައި އިއުލާން ކުރައްވައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ މާޅޮހު ބޮޑު މަގުގައި އޮތް ހަފްލާއެއްގައި މެނިފެސްޓް އިއުލާން ކޮށްދެއްވަމުން ޔަޒީދު ވިދާޅުވީ އެހެން ކެންޑިޑޭޓުންވެސް މެނިފެސްޓޯއެއް ހިފައިގެން އައުމަށާއި “ތަރައްޤީ އާއި އުފާވެރިކަން މެނިފެސްޓޯ” ކާމިޔާބު ނުވާނެކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެ ބޭފުޅުން ކޮށްދެއްވާނެ ކަންކަމުގެ ވާހަކަ ދެއްކުމަށަވެ.

މި ހަފްލާގައި މާޅޮހުގެ ޒުވާނުންގެ ފަރާތުން ޔަޒީދަށް މަރުހަބާ ކިޔުމުގެ ގޮތުން ބޮޑު ބެރު ޖެހުން އޮތެވެ. އަދި މާޅޮހު ރައްޔިތުންނަށް ދެއްވި ފަރިއްކޮޅެއް މާޅޮހުގެ ބީޗް ސަރަހައްދުގައި އޮތެވެ.

 ޔަޒީދުގެ މެނިފެސްޓޯގައިވާ މި ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ މައިގަޑު އަސާސްތަކުގެ ތެރޭގައި އާބާދީ އެއްފަސް ކުރުމާއި، ސިޓީއެއްގެ ދަރަޖަ ހޯދުމަށް 10،000 މީހުންގެ އާބާދީއެއް އޭދަފުއްޓަށް ހަމަކުރުމާއި، އޭދަފުށީގެ ތަރައްގީގައި މާޅޮސް، ހިތާދޫ އަދި އޭދަފުށީގެ ރައްޔިތުންނަށް ހަމަހަމކޮށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ.

 އަދި މާއްޑޫގައި ގެސްޓްހައުސް ރިސޯޓެއް ތަރައްގީކޮށް ރައްޔިތުންނަށް ސީދާ އޭގެ މަންފާ ލިބޭނެ އިގްދިސާދީ ސިނާއަތެއް ތަރައްގީކުރުމާއި، ގިނަ އަދަދެއްގެ މުއްސަދިން އުފައްދައި، ރައްޔިތުން އިގްތިސާދީ އަޅުވެތިކަމުން މިނިވަންކުރުން ޔަޒީދު އިއުލާން ކުރައްވާފައިވާ މެނިފެސްޓްގައި ހިމެނެ އެވެ.

 މީގެ އިތުރުން، ދާއިރާގައި އެތައްހާސް ވަޒީފާގެ ފުރުސަތުތައް އުފައްދައި އުފެއްދުންތެރި ބަޔަކަށް ޒުވާނުން ހެދުމާއި، އިސްލާމުދީނަށް ލޯބިކުރާ ތައުލީމީ ހޭލުންތެރި އަދި ފުދުންތެރި ރައްޔިތުން ދިރިއުޅޭ މުޖުތަމައެއް ބިނާކުރުންވެސް މެނިފެސްޓީގެ މައިގަޑޫ އަސާސްތަކުގެ ތެރޭގައި ހިމެނެ އެވެ.

މި މެނިފެސްޓޯގައި ދާއިރާގެ ތިން ރަށަށުގައި ހިންގޭނެ މުހިއްމު މަޝްރޫއުތައްވެސް ހިމަނާފައިވެ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.